Advertisement

ވިލާގެ ދަގަނޑު ބޯޓެއްގެ ވީލްހައުސްގައި ރޯވި އަލިފާން ނިއްވާލައިފި

17 އޮގަސްޓު 2025 - 21:25 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ވިލާގެ ދަގަނޑު ބޯޓެއްގެ ވީލްހައުސްގައި ރޯވި އަލިފާން ނިއްވާލައިފި

17 އޮގަސްޓު 2025 - 21:25 0

އދ. މާމިގިލި ބޯޓުޔާޑުގައި އޮތް ވިލާގެ ދަގަނޑު ބޯޓެއްގެ ވީލްހައުސްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިޔާ ކޮމާންޑް، އދ. މާމިގިލި ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަަރުން ނިއްވާލައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވި މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ގޮސް އަލިފާން އެއްކޮށް ނިއްވާލީ 15:30 ހާއިރު ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެ ބޯޓުގެ ވީލްހައުސް މަތީގައި އިން އެންޓަނާއެއް ގޭސް ކަޓަރަކުން ކަނޑަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އަލިފާން ނިއްވާލުމަށް މާމިގިލި އެއާޕޯޓުގެ ފަޔާ ފައިޓަރުން ވެސް އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެމްއެންޑީއެފްއިން ފާހަގަކުރި އެވެ.