Advertisement

ޓްރަމްޕާއި ޕުޓިން ވެސް ވިދާޅުވީ ކުރީ އުފެއްދުންތެރި މަޝްވަރާތަކެއް ކަމަށް

16 އޮގަސްޓު 2025 - 11:41 0


ޓްރަމްޕާއި ޕުޓިން ވެސް ވިދާޅުވީ ކުރީ އުފެއްދުންތެރި މަޝްވަރާތަކެއް ކަމަށް

16 އޮގަސްޓު 2025 - 11:41 0

ދުނިޔޭގެ އެންމެ ގަދަ ދެ ބާރު ކަމަށްވާ އެމެރިކާ އާއި ރަޝިއާގެ ވެރިންގެ މެދުގައި ބޭއްވި މަޝްވަރާތަކަކީ އުފެންދުންތެރި މަޝްވަރާތަކެއްގެ ގޮތުގައި ދެ ބޭފުޅުން ވެސް ސިފަކުރައްވައިފި އެވެ.

އަލަސްކާގެ އެންކަރޭޖުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ރަޝިއާގެ ރައިސް ލެޑިމިއަ ޕުޓިންއާ ދެމެދު ރަސްމީ މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ރަތް ދޫލައިގެ މަރުހަބާއެއް ޓްރަމްޕް ކިޔުއްވިއިރު ޕުޓިން ހައްޔަރު ކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އޮތީ އަމުރެއް ވެސް ނެރެފަ އެވެ.

މިއީ ޔޫކްރެއިނާ ރަޝިއާއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާލެވޭނެ މަގެއް ހޯދުމަށް ބޭއްވި މަޝްވަރާތަކެކެވެ. ނަމަވެސް، އެ މަޝްވަރާތަކުގައި އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހަމައަކަށް ނާދެވެ އެވެ.

ބައްދަލުވުމުގައި މަޝްވަރާ ކުރި އެއްވެސް ކަމަކާ ގުޅޭ މައުލޫމާތެއް ދެ ލީޑަރުން ވެސް ހިއްސާއެއް ނުކުރައްވަ އެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ ބައްދަލުވުން ތިން ގަޑިއިރަށް ކުރިއަށްދިޔަ އެވެ.

މި ސަމިޓު މި ބާއްވަނީ ހަމަލާތައް ހުއްޓާލުމަށް ދިން މުއްދަތު ފަހަނައަަޅައި ދިޔުމުންނެވެ. އެ މުއްދަތުގައި ވެސް ރަޝިއާއިން ހަމަލާތައް ހުއްޓާލާފައި ނުވާތީ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ އިންޒާރު ޓްރަމްޕް އޮތީ ދީފަ އެވެ.

މި މަޝްވަރާތަކުގައި ޔޫކްރެއިންގެ ރައީސް ވޮލިޑްމިރް ޒިލެންސްކީ ބައިވެރި ނުކުރެ އެވެ. ނަމަވެސް ދެން އޮންނަ ބައްދަލުވުމެއްގައި ޒިލެންސްކީއަށްއަށް ބައިވެރިވުމުގެ ފުރުސަތު ދޭނެ އެވެ.

ދެން އަންނަ ބައްދަލުވުން ރަޝިއާގެ ވެރިރަށް މޮސްކޯގައި ބޭއްވުމަށް ޕުޓިން ވަނީ ހުށަހަޅުއްވާފަ އެވެ.