Advertisement

ބާސެލޯނާގައި މައްސަލަ ހުރީ ފްލިކްގެ އަތްފޯރާފަށުގައެއް ނޫން

16 އޮގަސްޓު 2025 - 06:01 0


ބާސެލޯނާގައި މައްސަލަ ހުރީ ފްލިކްގެ އަތްފޯރާފަށުގައެއް ނޫން

16 އޮގަސްޓު 2025 - 06:01 0

ބާސެލޯނާ (އޮގަސްޓް 16) - ބާސެލޯނާ ޓީމު ގޮވައިގެން އާ ސީޒަނަކާ ކުރިމަތިލާއިރު، އެ ކްލަބަށް ދިމާވެފައި އޮތް މައްސަލަތައް ހުރީ އޭނާގެ އަތްފޯރާހިސާބުގައެއް ނޫން ކަމަށާއި ކޮންޓްރޯލުން ބޭރުގައި ހުރި އެ ކަންކަމަށް ކްލަބުން ހައްލު ހޯދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ބާސެލޯނާ އަށް ދިމާވެފައިވާ މާލީ މައްސަލަތަކާ ހެދި، މި ފަހަރުގެ ޓްރާންސްފާގައި އެ ޓީމަށް ގެނައި، މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރެޝްފޯޑް އާއި ގޯލްކީޕަރު، ޖޮއާން ގާސިއާ އަދި ރަޖިސްޓްރީ ނުކުރެވެ އެވެ. އެ ދެ ކުޅުންތެރިން ރަޖިސްޓްރީ ކުރަން ބާސެލޯނާ އިން އަންނަނީ އެ ޓީމުގެ ހަރަދުކުރާ އޮނިގަނޑު ގަވާއިދުގެ ތެރެއަށް ފައްތަން މަސައްކަތް ކުރަމުންނެވެ.

ބާސެލޯނާ އިން މިދިޔަ ސީޒަނުގައި ވެސް ވަނީ ކުޅުންތެރިންގެ މުސާރަ އާއި ކުޅުންތެރިން ގަތުމަށް، ލިބުނު އާމްދަނީ އަށް ވުރެ އިތުރަށް ހަރަދުކޮށްފަ އެވެ. އެކަންކަން ރަނގަޅުކުރަން، އެ ޓީމުން ކުޅުންތެރިންތަކެއް ދޫކޮށްލަން ނޫނީ ވިއްކާލަން ޖެހެ އެވެ.

ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، މި ފަހަރުގެ ސީޒަނުގައި ކުޅޭ ފުރަތަމަ މެޗުގައި، މަޔޯކާއާ ދެކޮޅަށް މިރޭ ކުޅޭނެ އެވެ. ފްލިކް ބުނީ، މި ވަގުތުގެ ހާލަތާ މެދު ހަގީގަތަށް ވާހަކަ ދައްކާނަަމަ ހިތްހަމަޖެހިފައޭ ނުބުނެވޭނެ ކަމަށެވެ.

"އަހަރެންނަށް މި އޮތް ހާލަތު ތި މީހުންނަށް އެނގޭނެ. އެހެންވީމަ، ހިތްހަމަޖެހިފައޭ ނުބުނެވޭނެ. އެކަމަކު، ކަންކަން ހުރީ އަހަރެންގެ ކޮންޓްރޯލުން ބޭރުގައި، އެހެންވީމަ، ކްލަބްގެ މެނޭޖްމަންޓަށް އިތުބާރުކޮށްގެން މި ހުރީ،" ފްލިކް ބުންޏެވެ.

މިދިޔަ ސީޒަނުގައި ބާސެލޯނާ އިން ގަތް، ސްޕެއިނުގެ މިޑްފީލްޑަރު، ޑެނީ އޮލްމޯ ރަޖިސްޓްރީ ކުރަން ވެސް ކުރަން ޖެހުނީ އުނދަގޫ މަސައްކަތެކެެވެ، އެ ފަދަ ކަމެއް މި ސީޒަނުގައި ތަކުރާރުވިޔަ ނުދޭން ބާސެލޯނާ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.