Advertisement

ގާޒާގެ ހިސާރު ނައްތައިލުމަށް ގޮވާލައި މާލޭގައި އެތައް ބަޔަކު އަޑުއުފުލައިފި

15 އޮގަސްޓު 2025 - 22:50 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ގާޒާގެ ހިސާރު ނައްތައިލުމަށް ގޮވާލައި މާލޭގައި މިއަދު ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން -- ފޮޓޯ: ސަން އޮންލައިން


ގާޒާގެ ހިސާރު ނައްތައިލުމަށް ގޮވާލައި މާލޭގައި އެތައް ބަޔަކު އަޑުއުފުލައިފި

15 އޮގަސްޓު 2025 - 22:50 0

ގާޒާގެ އިސްތިއުމާރު ނައްތައިލުމަށް ގޮވާލައި މާލޭގައި ބޮޑު އެއްވުމެއް ބާއްވައި އެތައް ސަތޭކަ ބަޔަކު އަޑު އުފުލައިފި އެވެ.

މާފަންނު ސްޓޭޑިއަމްގައި މިއަދު ހަވީރު ބޭއްވި އެއްވުމުގައި ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކުން ވެސް ބައިވެރިވި އެވެ. އޭގެތެރޭގައި އިޒްރޭލުގެ އަނިޔާވެރިކަން ތަހަންމަލު ކޮށްފައިވާ އަންހެނަކާއި ތުއްތު ކުއްޖަކު ވެސް ހިމެނުނެވެ. އަދި ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގައި ފާހަގަކޮށްލެވޭ ސިޔާސީ ބޭފުޅުންގެ އިތުރުން ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކުން ވެސް އެއްވުމުގައި ބައިވެރިވި އެވެ.

އެ އެއްވުމަކީ އިޒްރޭލުގެ ހައްދުފަހަނައެޅި ސިފައިން ގާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ދުނިޔޭގެ 44 ގައުމެއް ގުޅިގެން ފަށާފައިވާ ގްލޯބަލް ސުމުދް ފްލޮޓިއްލާ ހަރަކާތުގެ ތެރެއިން ރާއްޖޭގައި ކުރިއަށް ގެންދިޔަ އެއްވުމެކެވެ.

އޮކްޓޯބަރު 7، 2023، އިން ފެށިގެން އިޒްރޭލުން ދަނީ މެދުކެނޑުމެއް ނެތި ގާޒާއަށް ހަމަލާދީ ނަސްލުހޭދުކުރުމެއް ހިންގަމުންނެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހައިތަނަށް ގާޒާގެ 58،000 އަށްވުރެ ގިނަ މީހުން މަރުވެ 139،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމުވެފަ އެވެ.

ވަޔާއި ކަނޑު އަދި އެއްގަމު މަގުން ގާޒާއަށް އެއްވެސް އިންސާނީ އެހީއެއް ފޯރުކޮށްދިނުމަށް އިޒްރޭލުން ހުރަސްތައް ކުރިމަތި ކުރަމުން ދާތީ ގާޒާ އާބާދީގެ 470،000 އަށްވުރެ ގިނަ މީހުން ވަނީ ބަނޑަށްޖެހި އެކި ބަލިތަކަށް ހުށަހެޅިފަ އެވެ.

އިޒްރޭލުގެ ހައްދުފަހަނައެޅި ލާއިންސާނީ ހަމަލާތަކުގައި ގާޒާގެ އެތައް ހޮސްޕިޓަލެއްގެ ހިންގުން ވަނީ ހުއްޓުވައިފަ އެވެ. ގާޒާގައި ހުންނަ 36 ހޮސްޕިޓަލުގެ ތެރެއިން އެއްވެސް ހޮސްޕިޓަލަކުން ފުރިހަމަ ހިދުމަތެއް މިހާރު ނުދެވެ އެވެ.

އިޒްރޭލުގެ ލާއިންސާނީ ހަމަލާތައް ހުއްޓާލައި ގާޒާގެ އިސްތިއުމާރު އުވައިލުމަށް ދުނިޔޭގެ އެކި ކަންކޮޅުގައި ދަނީ އަޑު އުފުލަމުންނެވެ. ނަމަވެސް ހުޅަނގުގެ ވާގިވެރިވުމާއި ފަލަސްތީނުގެ ވަށައިގެންވާ އަރަބި ގައުމުތަކުގެ ނުސީދާ އެހީތެރިކަމާއެކު އިޒްރޭލުން ގެންދަނީ މުޅި ގާޒާ ހިރަފުހަށް ހަދައިލުމުގެ މަސައްކަތް ކުރަމުންނެވެ.