Advertisement

ރާއްޖޭގައި މަރުގެ އަދަބު ދޭން ނުފެށުމަށް ބައިނަލްއަގުވާމީ ނުވަ ޖަމިއްޔާއަކުން ގޮވާލައިފި

15 އޮގަސްޓު 2025 - 17:19 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން ފުލުހުން އަތުލައިގެންފައި ހުރި މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


ރާއްޖޭގައި މަރުގެ އަދަބު ދޭން ނުފެށުމަށް ބައިނަލްއަގުވާމީ ނުވަ ޖަމިއްޔާއަކުން ގޮވާލައިފި

15 އޮގަސްޓު 2025 - 17:19 0

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ނުފަށަން ބައިނަލްއަގުވާމީ ނުވަ ޖަމިއްޔާއަކުން ގޮވާލައިފި އެވެ.

ޖަމިއްޔާތަކުން ނެރުނު ޖޮއިންޓް ސްޓޭޓުމެންޓުގައި އެއްވެސް މައްސަލައަކާ ގުޅިގެން މަރުގެ އަދަބު ނުދިނުމަށް ދިވެހި ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލައިފައިވެ އެވެ.

މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭން ފެށުމަކީ ރާއްޖެއިން ސޮއިކޮށްފައި އޮންނަ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން ރާއްޖޭގައި މަރުގެ އަދަބު ދޭން ފަށައިފި ނަމަ 2006 ގައި ދިވެހިރާއްޖެއިން ސޮއިކުރި އައިސީސީޕީއާރުގެ ހަވަނަ މާއްދާގައި ބަޔާންކުރާ މަރުގެ އަދަބު އެއްކޮށް އުވައިލުމާ ހިލާފުވާނެކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ރާއްޖެއިން ސޮއިކޮށްފައި އޮންނަ އެ މުއާހަދާގައި ބަޔާން ކޮށްފައި އޮންނަ ގޮތުން އެ މުއާހަދާގައި ސޮއިކުރާއިރު، އެ ގައުމެއްގައި މަރުގެ އަދަބު ދެމުން ނުދާ ކުށަކަށް އަލުންބަލުން މަރުގެ އަދަބު ދޭން ނުފެށޭނެ އެވެ.

އޭގެއިތުރުން މަސްތުވާތަކެއްޗާ ބެހޭ އަދ ގެ މުއާހަދާތަކުގައި ވެސް މަތުވާތަކެތީގެ މައްސައަކަށް މަރުގެ އަދަބު ދެވޭނެ ހަމައެއް ބަޔާން ކޮށްފައި ނޯންނަކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

އެ ބަޔާނުގައި ސޮއި ކޮށްފައި ވަނީ:

  1. މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް
  2. އެމްނެސްޓީ އިންޓަނޭޝަނަލް
  3. ހިއުމަން ރައިޓްސް ވޮޗް
  4. އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ހިއުމަން ރައިޓްސް (އެފްއައިޑީއެޗް)
  5. ވޯލްޑް ކޯލިޝަން އަގެއިންސްޓް ދަ ޑެތު ޕެނެލްޓީ
  6. ހާމް ރިޑަކްޝަން އިންޓަނޭޝަނަލް
  7. ކެޕިޓަލް ޕަނިޝްމެންޓް ޖަސްޓިސް ޕްރޮޖެކްޓު
  8. އެންޓި ޑެތު ޕެނެލްޓީ އޭޝިއާ ނެޓްވޯކް
  9. ދަ އެޑްވޮކޭޓްސް ފޯ ހިއުމަން ރައިޓްސް

އެ ބަޔާނުގައި ބުނީ މަރުގެ އަދަބަކީ މަސްތުވާތަކެތީގެ މައްސަލައަށް އޮތް ހައްލުގެ ގޮތުގައި މި ސަރުކާރުން ސިފަކުރި ނަމަވެސް އެކަމަށް ބާރުލިބޭ ހެއްކެއް ފެންނަން ނެތް ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ލިބެނީ މަސްތުވާތަކެތީގެ ވަބާގައި މީހުން ޖެހޭ ސަބަބު ދެނެގަނެ އެކަމަށް ފަރުވާ ދީގެން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.