Advertisement

ރިސޯޓް ވޮލީ ޗެމްޕިއަންޝިޕްގެ ފައިނަލުގެ ފަހު ޖާގަ ރީިތި ރަށަށް

15 އޮގަސްޓު 2025 - 06:44 0


ރިސޯޓް ވޮލީ ޗެމްޕިއަންޝިޕްގެ ފައިނަލުގެ ފަހު ޖާގަ ރީިތި ރަށަށް

15 އޮގަސްޓު 2025 - 06:44 0

ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނާއި ރަނަަރަޕް ޓީމުތަކުގެ މެދުގައި ކުޅޭ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕްގެ ފައިނަލުގެ ފަހު ޖާގަ ވަން އެންޑް އޮންލީ ރީތި ރަށުން ހޯދައިފި އެވެ.

ފައިނަލުގައި، ރީތި ރަށުން ނުކުންނާނީ، ނޯތު މާލެ ލީގުގެ ފައިނަލުގައި އެ ޓީމު އަތުން ބަލިވި ފޯ ސީޒަން ކުޑަ ހުރާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މިއަދު ހަވީރު ރީތި ރަށު ވޮލީ ކޯޓުގަ އެވެ.

ރީތި ރަށުން ސެމީ ފައިނަލުގައި އިއްޔެ ހަވީރު ކުޅެފައިވަނީ، އދ. ލީގުގެ ރަނަރަޕް، ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާއާ ދެކޮޅަށެެވެ. މި މެޗުން ރީތި ރަށް މޮޅުވެފައިވަނީ، ސީދާ ތިން ސެޓުންނެވެ. ރިސޯޓް ވޮލީގެ ވަރުގަދަ ބާރެއްގެ ގޮތުގައި އަބަދުވެސް ފެނިގެންދާ ރީތި ރަށުން މި މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ، 25-13، 25-11 އަދި 25-07 އިންނެވެ.


މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވަނީ، ރީތި ރަށް ޓީމުގެ ކަވިޝްކާ އެވެ.

ރިސޯޓް ވޮލީ ޗެމްޕިއަންޝިޕްގައި ފެނިގެންދިޔައީ، ސައުތު މާލެ ލީގުގެ ޗެމްޕިއަން ސަން ސިޔާމް އޮޅުވެލީގެ އިތުރުން، ނޯތު މާލެ ލީގު ޗެމްޕިއަން، ވަން އެންޑް އޮންލީ ރީތި ރަށް، ރަނަރަޕް ފޯ ސީޒަން ކުޑަ ހުރާ، ބާ ލީގު ޗެމްޕިއަން ޖޯލި ބީން އަދި އދ. ލީގު ޗެމްޕިއަން، ކޮންރެޑް މޯލްޑިވްސް އާއި ރަނަރަޕް ވިލަމެންދޫ އެވެ.

ރިސޯޓް ވޮލީ ޗެމްޕިއަންޝިޕްގެ ފައިނަލުން މޮޅުވާ ޓީމު ވެގެންދާނީ، ރާއްޖޭގެ މުޅި ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނަށެވެ.