Advertisement

ކުޑަ ހުރާ، ރިސޯޓް ވޮލީ ޗެމްޕިއަންޝިޕްގެ ފައިނަލަށް

14 އޮގަސްޓު 2025 - 10:37 0

ކޮންރެޑާ ދެކޮޅަށް ކުޑަ ހުރާ އިން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ކުޑަ ހުރާ، ރިސޯޓް ވޮލީ ޗެމްޕިއަންޝިޕްގެ ފައިނަލަށް

14 އޮގަސްޓު 2025 - 10:37 0

ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ފޯ ސީޒަން ކުޑަ ހުރާ އިން ހޯދައިފި އެވެ.

ރިސޯޓް ވޮލީ ޗެމްޕިއަންޝިޕްގައި ކުޅެނީ، ސައުތު މާލެ ލީގުގެ ޗެމްޕިއަން ސަން ސިޔާމް އޮޅުވެލީގެ އިތުރުން، ނޯތު މާލެ ލީގު ޗެމްޕިއަން، ވަން އެންޑް އޮންލީ ރީތި ރަށް، ރަނަރަޕް ފޯ ސީޒަން ކުޑަ ހުރާ، ބާ ލީގު ޗެމްޕިއަން ޖޯލި ބީން އަދި އދ. ލީގު ޗެމްޕިއަން، ކޮންރެޑް މޯލްޑިވްސް އާއި ރަނަރަޕް ވިލަމެންދޫ އެވެ.

ރިސޯޓް ވޮލީ ޗެމްޕިއަންޝިޕް ކުރިއަށްދަނީ، ނޮކައުޓް އުސޫލުންނެވެ. އަދި، މި މުބާރާތުގެ ޗެމްޕިއަން ވެގެންދާނީ ރާއްޖޭގެ ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނަށެވެ.

ފުރަތަމަ ބުރުގެ މެޗުން ޖޯލި ބީން ކަޓުވާލި ކުޑަ ހުރާ އިން ފައިނަލަށް ދަތުރުކުރީ ފުރަތަމަ ސެމީ ފައިނަލުގައި، އިއްޔެ ކޮންރެޑް މޯލްޑިވްސް އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ 26-24، 25-21 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، އިސުރު އެެވެ.

އިއްޔެ ވަނީ ފުރަތަމަ ބުރުގައި، ވިލަމެންދޫން އޮޅުވެލި އަތުން 3-1 ސެޓުން މޮޅުވެ، ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފަ އެވެ. ސެޓުތައް ދިޔައީ، 17-25، 25-20، 22-25 އަދި 18-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ވިލަމެންދޫގެ އަހުމަދު ނާސިހު އެވެ.

މި މޮޅާ އެކު، ވިލަމެންދޫން ފައިނަލުގެ ޖާގައެއް ހޯދަން ވާދަކުރާނީ، ރީތި ރަށާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މިއަދު ހަވީރު 16:15 ގައި، ރީތި ރަށުގަ އެވެ. މި މެޗުން މޮޅުވާ ޓީމެއް މާދަމާ ހަވީރު ފައިނަލު ކުޅޭނީ ކުޑަ ހުރާއާ ދެކޮޅަށް ރީތި ރަށު ވޮލީ ކޯޓުގަ އެވެ.