Advertisement

ރިސޯޓް ވޮލީ ޗެމްޕިއަންޝިޕް ފެށި މެޗުން ކުޑަހުރާ މޮޅުވެއްޖެ

13 އޮގަސްޓު 2025 - 09:41 0

ޖޯލި ބީން އާއި ކުޑަ ހުރާ ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: މިރާން ނާޝިމް / އަދަދު ސްޕޯޓްސް


ރިސޯޓް ވޮލީ ޗެމްޕިއަންޝިޕް ފެށި މެޗުން ކުޑަހުރާ މޮޅުވެއްޖެ

13 އޮގަސްޓު 2025 - 09:41 0

ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕް ފެށި މެޗުން ޖޯލި ބީންގެ މައްޗަށް ސީދާ ތިން ސެޓުން ފޯ ސީޒަން ކުޑަ ހުރާ މޮޅުވެއްޖެ އެވެ.

ރީތި ރަށް ރިސޯޓްގައި އިއްޔެ ކުޅުނު މެޗުގައި ކުޑަހުރާ އިން ސެޓުތައް ގެންދިޔައީ، 25-16، 25-19 އަދި 25-23 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވަނީ، ކުޑަ ހުރާގެ އިސުރު އެވެ.

ރިސޯޓް ވޮލީ ޗެމްޕިއަންޝިޕްގައި ކުޅެނީ، ސައުތު މާލެ ލީގުގެ ޗެމްޕިއަންގެ އިތުރުން، ނޯތު މާލެ ލީގު ޗެމްޕިއަނާއި ރަނަރަޕް، ބާ ލީގު ޗެމްޕިއަން އަދި އދ. ލީގު ޗެމްޕިއަން އާއި ރަނަރަޕް އެވެ. ރިސޯޓް ވޮލީ ޗެމްޕިއަންޝިޕް ކުރިއަށްދަނީ، ނޮކައުޓް އުސޫލުންނެވެ. އަދި، މި މުބާރާތުގެ ޗެމްޕިއަން ވެގެންދާނީ ރާއްޖޭގެ ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނަށެވެ.

ނޯތު މާލެ ލީގުގެ ރަނަރަޕް، ކުޑަ ހުރާ އިން ބ. ލީގުގެ ޗެމްޕިއަން، ޖޯލި ބީން އަތުން ފުރަތަަމަ މެޗުގައި، ހޯދި މި މޮޅާ އެކު، ސެމީ ފައިނަލުގައި ކުޅޭނީ، އދ. ލީގުގެ ޗެމްޕިއަން، ކޮންރެޑް މޯލްޑިވްސް ރަންގެލިއާ އެވެ.

މުބާރާތުގައި މިއަދު ދެ މެޗެއް ކުޅޭނެ އެވެ. އެއީ، ފުރަތަަމަ ބުރުގައި، އދ. ލީގުގެ ރަނަރަޕް، ވިލަމެންދޫން ކުޅޭނީ ސައުތު މާލެ ލީގުގެ ޗެމްޕިއަން، ސަން ސިޔާމް އޮޅުވެލިއާ އެެވެ. މި މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ބައްދަލުކުރާނީ، ނޯތު މާލެ ލީގުގެ ޗެމްޕިއަން، ވަން އެންޑް އޮންލީ ރީތި ރަށާ އެވެ.

ދެ ސެމީ ފައިނަލުން މޮޅުވާ ޓީމުތައް ފައިނަލް މެޗުގައި އަންނަ ހުކުރު ދުވަހު ކުޅޭނެ އެވެ. އެ މެޗު ކުޅެން ހަމަޖެހިފައިވަނީ، ރީތި ރަށުގަ އެވެ.