Advertisement

511 ބަނގުރާ ފުޅިއާއެކު ހައްޔަރުކުރި ހަތަރު ބިދޭސީން ޑީޕޯޓްކޮށްލަނީ

13 އޮގަސްޓު 2025 - 12:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


511 ބަނގުރާ ފުޅިއާއެކު ހައްޔަރުކުރި ހަތަރު ބިދޭސީން ޑީޕޯޓްކޮށްލަނީ

13 އޮގަސްޓު 2025 - 12:59 0

ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 511 ފުޅިއާއެކު މިދިޔަ ހޯމަ ދުވަހު މާލެއިން ހައްޔަރުކުރި ހަތަރު ބިދޭސީން ޑިޕޯޓްކުރަން ނިންމައިފި އެވެ.

ފުލުހުން ބުނީ މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު ބިދޭސީންނަކީ އިންޑިއާއަށް ނިސްބަތްވާ މުތުމަގޭޝް މުރުގާން، 32 އާއި ދޭވާރާޖް ޖެބްރާޖް، 42 އަދި ޒެނިތު ފްރެންސިސް، 38 ގެ އިތުރުން ބަންގްލަދޭޝްގެ އަބްދުލް މަންނާން، 37 އެވެ.

ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ބަނގުރާ ކަމަށް ބެލެވޭ ފުޅިތަކުގެ އިތުރުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނައަދަދެއްގެ ފައިސާ އާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބަނގުރަލުގެ ވިޔާފަރި ފުޅާ ދާއިރާއެއްގައި ހިންގި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. މައްސަލައިގައި ހިމެނޭ ބިދޭސީން ޑީޕޯޓްކޮށްލަން ނިންމުމަށްފަހު އެކަމާ ގުޅިގެން ހިންގަނީ ކޮން ތަހުގީގެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މީގެއިތުރުން އެ ބިދޭސީންތައް ޑީޕޯޓުކުރަން ނިންމުމުގެ ކުރިން ޕީޖީގެ ލަފައެއް ހޯދިތޯ ފުލުހުންނާ އަދަދު އިން ސުވާލު ކުރުމުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.