12 އޮގަސްޓު 2025 - 15:28 1
މުހައްމަދު ޝަހްޒާން
އެންވަރަމެންޓް މިނިސްޓަރު، ތޯރިގު އިބްރާހިމް -- ފޮޓޯ: މިރާޝް ނާޝިމް
12 އޮގަސްޓު 2025 - 15:28 1
ތިމާވެށްޓަށް ފާރަވެރިވުމުގެ ޒިންމާ މަތިކޮށްފައިވާ އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އެންމެހައި ބާރުތައް އެންވަރަމެންޓު މިނިސްޓަރުގެ ދަށަށް ބަދަލުކޮށް އެ އިދާރާ އޮތޯރިޓީއަކަށް ބަދަލުކޮށްފި އެވެ.
ޑިސެމްބަރު 18، 2008، ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ހާއްސަ ގަރާރެއްގެ ދަށުން އުފެއްދި އީޕީއޭ މިހައިތަނަށް ހިންގަމުން ދިޔައީ ގަވާނިން ބޯޑެއްގެ ލަފާގެ ދަށުންނެވެ. އީޕީއޭ އަކީ އަމިއްލަ ހައިސިއްޔަތެއް ލިބިގެން ހިންގަމުންދިޔަ ސައިންޓިފިކް، ރެގިޔުލޭޓަރީ އަދި އެންފޯސްމަންޓް އިދާރާއެކެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު ގެންނެވި ބަދަލާއެކު އެ އިދާރާގެ ނަން އެންވަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ބަދަލުކޮށް، ހިންގުން ވަނީ އެންވަރަމެންޓު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ބަދަލު ގެނައީ އީޕީއޭއިން މިހައިތަނަށް ކުރަމުން އައި މަސައްކަތަކީ ތިމާވެށި ރެގިއުލޭޓު ކުރުމުގެ މަސައްކަތް ކަމަށް ވާތީ އެ އިދާރާއިން ކުރާ މަސައްކަތާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމަށް ކަމަށެވެ.
އަދި އެ ބަދަލާއެކު އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވެ ހަލުވި ވެގެންދާނެ ކަަމަށް ރައީސް އޮފީހުން ބުންޏެވެ.
އީޕީއޭގެ މައިގަނޑު މަސްއޫލިއްޔަތުތައް
އީއައިއޭ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދަށް ވެސް މިއަދު ބަދަލުތަކެއް ވަނީ ގެނެސްފަ އެެވެ.
އީޕީއޭގެ އިދާރާއެއްގެ ގޮތުގައި އުފެއްދުމުގެ ކުރިން މަސްއޫލިއްޔަތުތައް އޭގެ ކުރިން އަދާކުރަމުންދިޔައީ އެންވާރަމަންޓް ރިސާޗު ސެންޓަރާއި މޯލްޑިވްސް ވޯޓާ އެންޑް ސެނިޓޭޝަން އޮތޯރިޓީ އިންނެވެ. އަބަދުވެސް އީޕީއޭގެ ކަންކަން ބަލަހައްޓަމުން ގެންދަނީ އެންވާރަމަންޓް މިނިސްޓްރީގެ ދަށުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment