Advertisement

ދިވެހިންނަށް އެކަނި ރީބްރޯޑްކާސްޓް ކުރެވޭ ބަދަލު ބްރޮޑްކޮމްއިން އުވާލައިފި

12 އޮގަސްޓު 2025 - 14:05 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބްރޮޑްކޮމްގެ ބައްދަލުވުމެއްގެ ތެރެއިން: ދިވެހިންނަށް އެކަނި ރީބްރޯޑްކާސްޓް ކުރެވޭ ބަދަލު އެ ކޮމިޝަނުން ވަނީ އުވާލާފައި -- ފޮޓޯ: ބްރޮޑްކޮމް


ދިވެހިންނަށް އެކަނި ރީބްރޯޑްކާސްޓް ކުރެވޭ ބަދަލު ބްރޮޑްކޮމްއިން އުވާލައިފި

12 އޮގަސްޓު 2025 - 14:05 2

ހަމައެކަނި ދިވެހި ކުންފުނިތަކަށް ރީބްރޯޑްކާސްޓް ކުރެވޭ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އިން 2022 ގައި ގެނައި ބަދަލު އެ ކޮމިޝަނުން މިއަދު އުވާލައިފި އެވެ.

ބްރޮޑްކޮމް އިން 2022 ގައި ރީބްރޯޑްކާސްކުރުމުގެ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން ރީބްރޯޑްކާސްޓް ކުރުމަށް އެދޭ ފަރާތަކީ 100 ޕަސަންޓް ދިވެހިން ހިއްްސާވާ ކުންފުންޏަކަށް ވާން ޖެހެ އެވެ.

އެކަމަކު ބްރޮޑްކޮމްއިން މިއަދު ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ގެނައި އިސްލާހާއެކު ބޭރު މީހުންނަށް ވެސް ރީ ބްރޯޑްކާސްޓްކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ލިބޭނެ އެވެ.

ބްރޮޑްކޮމްއިން 2022 ވަނަ އަހަރު ރީބްރޯޑްކާސްޓްކުރުމުގެ ފުރުސަތު ދިވެހިންނަށް އެކަނި ދިނުމަށް ނިންމީ ދާއިރާއަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާތީ އެވެ.

މީގެ އިތުރުން ކުރިން އެ ބަދަލު ގެނައީ އެއްބައެއްގެ އަތްމައްޗަށް ރީބްރޯޑްކާސްޓްކުރުމުގެ ދާއިރާ މޮނޮޕޮލައިޒްވުމުގެ ފުރުސަތު ނުދިނުމަށްޓަކަ އެވެ.

އާ ގަވާއިދަށް އަމަލުކުރަން ފަށާއިރު، ކުރިން އަމަލުކުރަމުން އައި އެންމެހައި ގަވާއިދުތަކާ ގުޅިގެން އަހަރީ ފީ ނުދައްކާ ހުރި ފަރާތްތަކާމެދު އަމަލުކުރެވޭނީ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތަށެވެ.

ގަވާއިދުގައިވާ ގޮތުން މާޗު 31، ގެ ފަހުން އަހަރީ ފީ ދައްކާނަމަ، އަހަރީ ފީގެ އެއް ޕަސަންޓު ޖޫރިމަނާގެ ގޮތުގައި ބްރޮޑްކޮމްއިން ނަގަ އެވެ.