Advertisement

ބްރޯޑްކޮމްގެ އެންގުމަށް ޗެނަލް 13 ގެ ބްރޯޑްކާސްޓް ދެ ގަޑިއިރަށް މެދުކަނޑާލައިފި

17 ސެޕްޓެންބަރު 2025 - 12:34 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރޭގެ ވަގުތެއްގައި ޗެނަލް 13 ގެ ބްރޯޑްކާސްޓް މެދުކަނޑާލުމަށްފަހު އެރުވި މެސެޖު


ބްރޯޑްކޮމްގެ އެންގުމަށް ޗެނަލް 13 ގެ ބްރޯޑްކާސްޓް ދެ ގަޑިއިރަށް މެދުކަނޑާލައިފި

17 ސެޕްޓެންބަރު 2025 - 12:34 0

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ތަހުގީގު ކުރި މައްސަލައަކާ ގުޅިގެން ޗެނަލް 13 އަށް އެންގި ގޮތަށް އެ ޗެނަލުގެ ބްރޯޑްކާސްޓް ރޭގެ ވަގުތެއްގައި ދެ ގަޑިއިރަށް މެދުކަނޑާލައިފި އެވެ.

ބްރޯޑްކާސްޓް ކުރުމުގެ ރެގިއުލޭޓަރީ އިދާރާއެއްގެ ގޮތުގައި މިވަގުތު ހަރަކާތްތެރިވާ ބްރޯޑްކޮމްއިން ޗެނަލް 13 އަށް ފިޔަވަޅު އެޅީ ސެޕްޓެމްބަރު 15، ގަ އެވެ.

ބްރޯޑްކޮމްއިން އެންގީ ޗެނަލް 13 ގެ ބްރޯޑްކާސްޓް އެއް ރޭ 20:00 އިން 22:00 މެދުކަނޑާލުމަށެވެ. އެ އެންގުމާ އެއްގޮތަށް މެދުކަނޑާލުމަށް ފަހު އަލުން ބްރޯޑްކާސްޓް ފެށީ ސަރުކާރަށް ފާޑުކިޔާ "މަޑިސީލަ" ޕްރޮގްރާމުންނެވެ.

މިއީ ޗެނަލް 13 އާ ދެކޮޅަށް އެއް މަސްދުވަހުގެ ތެރޭގައި ބްރޯޑްކޮމްއިން އެޅި ދެވަނަ ފިޔަވަޅެވެ. އޮގަސްޓު 21، ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވާ ޖަލްސާއެއް އެ ޗެނަލްއިން ދުރަށް ފޮނުވަން ތައްޔާރިވެފައި ވަނިކޮށް ބްރޯޑްކާސްޓް ހުއްޓާލަން ވެސް އެންގި އެވެ.

އިއްޔެ ރައީސް މުހައްމަދު މުއިއްޒުގެ ޕީއެންސީގެ ބާރު އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން ބިލު ތަސްދީގު ކުރުމާ އެކު ބްރޯޑްކޮމް އުވިގެންދާނެ އެވެ. އޭރުން ޓީވީ ޗެނަލްތަކަށް ފިޔަވަޅު އެޅުމުގެ ކަންކަމާ ހަވާލުވާނީ އަލަށް އުފެދޭ ކޮމިޝަނުންނެވެ.