Advertisement

ރާއްޖެ ޓީވީއަށް އިންޒާރު، ޗެނަލް 13 ގެ ބްރޯޑްކާސްޓް ދެ ގަޑިއިރަށް މެދުކަނޑާލަން ބްރޯޑްކޮމްއިން އަންގައިފި

15 ސެޕްޓެންބަރު 2025 - 16:18 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ރާއްޖެ ޓީވީއަށް އިންޒާރު، ޗެނަލް 13 ގެ ބްރޯޑްކާސްޓް ދެ ގަޑިއިރަށް މެދުކަނޑާލަން ބްރޯޑްކޮމްއިން އަންގައިފި

15 ސެޕްޓެންބަރު 2025 - 16:18 1

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ ޗެނަލް 13 ގެ ބްރޯޑްކާސްޓް ދެ ގަޑިއިރަށް މެދުކަނޑާލަން އަންގައިފި އެވެ.

ރާއްޖެ ޓީވީއަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނީ މާޗު 16، ގައި އެ ޓީވީއާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ބެލުމަށް ފަހު އެވެ. އެއީ މާޗު 12، ގައި "އެމްޑީޕީގެ ކުއްލި އެއްވުން" ނަމުގައި އެ ޓީވީން ދެއްކި ބްރޯޑްކާސްޓެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.

ޗެނަލް 13ގެ ބްރޯޑްކާސްޓް މެެދުކަނޑާލަން އެންގީ އެއް ރޭ 20:00 އިން 22:00 އަށެވެ. އެއީ އެޕްރީލް 17، ގައި އެ ޓީވީން ސޯޝަލް މީޑިއާގައި ލައިވް ކުރި "ދަ ފްރޮންޓް އޮފީސް" ޕްރޮގްރާމްގައި ބްރޯޑްކާސްޓް ކުރުމުގެ ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓް ދައްކާފައިވާ ކަމަށް ނިންމުމަށް ފަހު އެވެ.

ރާއްޖެ ޓީވީއަށް ދެކޮޅަށް ފިޔަވަޅު އެޅި މައްސަލައަކީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރު މަރިޔަމް ޒުބައިރު (މަންދީ) ރައީސްގެ ދޮށީ ދަރިކަލުންނާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ މައްސަލަ އެވެ. ރައީސްގެ ދަރިކަލުންގެ ވާހަކަ މަންދީ ދެއްކީ ފަސްޓް ލޭޑީ ސާޖިދާއަށް ފާޑުކިޔަމުންނެވެ. އެ މައްސަލާގައި ސާޖިދާ ކޯޓަށް ވެސް ދިޔަ އެވެ.

މިއީ ޗެނަލް 13 އާ ދެކޮޅަށް އެއް މަސްދުވަހުގެ ތެރޭގައި ބްރޯޑްކޮމްއިން އެޅި ދެވަނަ ފިޔަވަޅެވެ. އޮގަސްޓު 21، ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވާ ޖަލްސާއެއް އެ ޗެނަލްއިން ދުރަށް ފޮނުވަން ތައްޔާރިވެފައި ވަނިކޮށް ބްރޯޑްކާސްޓް ހުއްޓާލަން ވެސް އެންގި އެވެ.