Advertisement

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން އެސީސީން ކުރި މަސައްކަތެއް ނުބުނެދެވުނު

11 އޮގަސްޓު 2025 - 15:25 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޭސީސީގެ ރައީސް ޝާމިލް: ދައުލަތަށް ލިބެންޖެހޭ ފައިސާ ނުހޯދާތީ އެ ކޮމިޝަނުން އަޅަން ބުނި ގާނޫނީ ފިޔަވަޅު އަޅާފައެއް ނުވޭ -- ފޮޓޯ: އަދަދު


ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން އެސީސީން ކުރި މަސައްކަތެއް ނުބުނެދެވުނު

11 އޮގަސްޓު 2025 - 15:25 2

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2023 ވަނަ އަހަރު ތަހުގީގުކޮށް ނިންމި މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން އެ ކޮމިޝަނުން ކުރި މަސައްކަތެއް ނުބުނެދެވުނެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ފައިސާ ހޯދަން އޭސީސީން ކުރި މަސައްކަތް ދެނެގަތުމަށް އަދަދު އިން ތަކުރާރުކޮށް އެ ކޮމިޝަނަށް ގުޅައި މެސެޖު ކުރުމުން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އޭސީސީން މިދިޔަ އަހަރު ބުނީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ޓަކައި އިދާރާތަކުން މަސައްކަތްކުރާ މިންވަރު ބަލައި މޮނިޓާކުރަން 2022 ވަނަ އަހަރު އެ ކޮމިޝަނުން ގާއިމުކުރި ހާއްސަ ނިޒާމުގެ ދަށުން އިދާރާތަކުން ފައިސާ ހޯދަން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

އޭސީސީން އޭރު ބުނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ދައުލަތުގެ އިދާރާތަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާތީ އެކަމާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އޭސީސީން އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅިކަން އެނގޭކަށް ނެތެވެ.

"މި ނިޒާމުގެ ތެރެއިން، އިދާރާތަކުން މަސައްކަތްކޮށްފައިވާ މިންވަރު ބެލިބެލުމުގައި، ދައުލަތުގެ އިދާރާތަކުން މިކަމުގައި އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާތީ ގާނޫނީ ގޮތުން މިކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަން ފާހަގަކުރަން،" އޭސީސީން ބުންޏެވެ.

އޭސީސީން 2023 ވަނަ އަހަރު ތަހުގީގުކޮށް ނިންމި މައްސަލަތަކުން، ދައުލަތަށް ލިބެން ޖެހޭކަމަށް ނިންމި 50.3 މިލިޔަން ރުފިޔާގެ ތެރެއިން 40.4 މިލިޔަން ރުފިޔާ އަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަށް ހޯދަން އަންގާފައިވާ ފައިސާ އެވެ.

އެމްޓީސީސީން 8.4 މިލިޔަން ރިފިޔާ ހޯދަން ޖެހޭ އިރު ފެނަކައިން ވެސް ގާތްގަނޑަކަށް 1.4 މިލިޔަން ރުފިޔާ ހޯދަން ޖެހޭ ކަމަށް އޭސީސީން ބުންޏެވެ.