10 އޮގަސްޓު 2025 - 20:09 0
ލީވާން އަލީ ނާސިރު
10 އޮގަސްޓު 2025 - 20:09 0
ފޯނާއި ނުލާ ރައްކާތެރިކަމާއެކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ސީދާ ގަޑިން ފޯނުކޮށް މެސެޖުކުރެވޭ ގޮތަށް އުރީދޫ މޯލްޑިވްސް އިން އެޕަލް ވޮޗާއި ސެމްސަންގް ވޮޗަށް ހާއްސަ އީ-ސިމެއް ވަނީ ތައާރަފްކޮށްފަ އެވެ.
ސްމާޓް ވޮޗަށް ހާއްސަކޮށް އުރީދޫއިން އީ-ސިމް ތައާރަފް ކުރުމުގެ ސަބަބުން ހެނދުނު ދުވަން ނިކުތަސް ނުވަތަ މަސައްކަތުގައި ބުރަ ދުވަހެއްގައި ވިޔަސް ގަޑި ބޭނުންކޮށްގެން މީހުންނަށް ގުޅައި، މެސެޖް ފޮނުވައި ލަތައް ސްޓްރީމްކޮށް، އެޕްލިކޭޝަންތައް ވެސް ބޭނުން ކުރެވެ އެވެ.
އުރީދޫއިން ބުނީ ސްމާޓްވޮޗަށް އީ-ސިމް އެކްޓިވޭޓް ކުރުމަކީ އަވަސް އަދި ފަސޭހަ ކަމެއް ކަމަށާއި ފިޒިކަލް ސިމް ކާޑެއް ނުވަތަ އެއްވެސް އިތުރު އެޕްލިކޭޝަނެއް އެކަމަށް ބޭނުން ނުވާނެ ކަމަށެވެ.
"އެޕަލް ވޮޗް ނުވަތަ ސެމްސަންގް ގެލެކްސީ ވޮޗް ފޯނާ ގުޅާލައި، ސްކްރީނުގައި ވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް، އީސިމް ގަޑިއަށް އެކްޓިވޭޓް ކޮށްލާ. މި ހިދުމަތަކީ ހަމައެކަނި އުރީދޫ ނެޓްވޯކްގައި ފޯރުކޮށްދޭ ހިދުމަތެއް،" އެ ކުންފުނިން ބުންޏެވެ.
އުރީދޫގެ ސްމާޓްވޮޗް އީ-ސިމާއެކު ދިރިއުޅުމުގެ ވައްޓަފާޅި އިތުރަށް ފަސޭހަވެ، ކޮންމެ ވަގުތަކު ވެސް އަދި ކޮންމެ ތަނެއްގައި ވެސް ގުޅުމުގެ މިނިވަންކަން ތަޖުރިބާ ކުރެވޭނެކަން އެ ކުންފުނިން ފާހަގަކުރެ އެވެ.
Comment