Advertisement

ތުރުކީއިން ދިން ހަނގުރާމަމަތީ މަނަވަރު ރާއްޖެ ގެނެސްފި

9 އޮގަސްޓު 2025 - 13:56 4

ތުރުކީން ރާއްގެ ހަދިޔާކުރި "ޓީސީޖީ ވޮލްކަން": މިއީ މިސައިލް ފޮނުވޭނެ އާލަތްތައް ހުންނަ ޑޯގަން ކްލާސް މަނަވަރެއް --- ފޮޓޯ: ކިޔުންތެރިއެއް


ތުރުކީއިން ދިން ހަނގުރާމަމަތީ މަނަވަރު ރާއްޖެ ގެނެސްފި

9 އޮގަސްޓު 2025 - 13:56 4

މިދިޔަ އޭޕްރީލް މަހު ތުރުކީއިން ދިވެހިރާއްޖެއަށް ދިން ހަނގުރާމަމަތީ މަނަވަރު ދިވެހިރާއްޖެއަށް ގެނެސްފި އެވެ.

ތުރުކީއިން ހަދިޔާ ކުރި ޓީސީޖީ ވޮލްކަން (ޕީ-343) އަކީ މިސައިލް ފޮނުވުމުގެ ގާބިލްކަން ހުރި މަނަވަރެކެވެ. އެ މަނަވަރު ރާއްޖެ ގެނައީ ރިފިޓިން ހެދުމަށްފަހު އަދި މަނަވަރު އޮޕަރޭޓު ކުރަން ދިވެހި ސިފައިން ތަމްރީނު ކުރުމަށްފަހު އެވެ.

ޖަރުމަނު ކުންފުންޏަކުން ފަރުމާކޮށްފައިވާ އެ މަނަވަރަކީ ވަޔާއި ކަނޑުގެ މަގުން ހަމަލާދިނުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ އުޅަނދެކެވެ. މިއީ މެއި، 1984 އިން ފެށިގެން ތުރުކީ އަސްކަރިއްޔާއިން ބޭނުންކުރަމުން އައިސްފައިވާ އުޅަނދެކެވެ.

އެމްއެންޑީއެފް އިން ކުރިން ބުނެފައި ވަނީ، މަނަވަރުގެ ސަބަބުން ދިވެހި ސިފައިންގެ ގާބިލްކަން އިތުރުވާނެ ކަމަށެވެ. އަދި އެއީ ދިފާއީ ބާރަށް ލިބޭ ކުރިއެރުމެއް ކަމަށް ވެސް ސިފައިން ބުނެފައިވެ އެވެ.

"ސިފައިންގެ ހިދުމަތަށް އިތުރުކުރެވޭ މި ގާބިލުކަމަކީ، ގާނޫނު އަސާސީ އާއި ސިފައިންގެ ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ލިބިގެންވާ ބޮޑު ކުރިއެރުމެއް،" ޑިފެންސް މިނިސްޓްރީ އިން ބުނެފައިވެ އެވެ.

މަނަވަރުގެ ތަފުސީލުތައް

  • ދިގުމިން: 58 މީޓަރު
  • ޖުމްލަ ބަރުދަން: 436 ޓަނު
  • ސްޕީޑް: 38 ނޮޓު ނުވަތަ ގަޑިއަކު 70 ކިލޯމީޓަރުގެ ބާރުމިން
  • ރޭންޖު: 1،940 ކިލޯމީޓަރު
  • އިންޖީނުތައް: އެމްޓީޔޫ ޑީސަލް ހަތަރު އިންޖީނު
  • ކްރޫ: 45 ސިފައިން

މި މަނަވަރުގެ އިތުރުން އެހެން މަނަވަރެއް ދިވެހި ސިފައިންނަށް ހަދިޔާކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ވެސް ޓީސީޖީ ވޮލްކަން ފަދަ "ޑޯގަން ކްލާސް" ގެ މަނަވަރެކެވެ. ތުރުކީ ސިފައިން މިހާރު ޓެސްޓިން އަދި ތަމްރީނުތަކުގައި ބޭނުންކުރާ އެ މަނަވަރުގެ ނަމަކީ ޓީސީޖީ ޓޭފުން އެވެ.

ތުރުކީގެ މަނަވަރު ގެނައި އާގު ބޯޓު: މަނަވަރު ގެނައި މި އާގު ބޯޓަށް ލައިގެން -- ފޮޓޯ: ކިޔުންތެރިއެއް


ތުރުކީ އަސްކަރިއްޔާއިން ޑޮލްގަން ކްލާސްގެ ޓީސީޖީ ވޮލްކަން ބޭނުންކުރަން ފެށީ މެއި 12، 1981، ގަ އެވެ. މި މަނަވަރަށް އަންނަ މަހު 44 އަހަރު ފުރޭނެ އެވެ. މި މަނަވަރު ޑިޒައިން ކުރީ ޖަރުމަނުގެ ކުންފުނި، ލާސަން ވާފްޓުންނެވެ.

އެއީ ތުރުކީގެ އަސްކަރިއްޔާއިން މިސައިލުން ހަމަލާ ދިނުމުގެ ގާބިލުކަން ހޯދުމަށް އެންމެ ފުރަތަމަ ބޭނުންކުރަން ފެށި އެއް މަނަވަރެވެ. އޭރުގެ މިންގަނޑުތަކުން ވޮލްކަން ވެގެންދިޔައީ ތުރުކީއަށް އަސްކަރީ ގޮތުން އައި އިންގިލާބަކަށެވެ.