Advertisement

ލަލީގާ "އައިސް ނެޓްވޯކަށް"؛ ސަޕޯޓަރުންނަށް ހިތްގައިމު ހުށަހެޅުންތަކެއް ފެންނާނެ

8 އޮގަސްޓު 2025 - 11:41 0


ލަލީގާ "އައިސް ނެޓްވޯކަށް"؛ ސަޕޯޓަރުންނަށް ހިތްގައިމު ހުށަހެޅުންތަކެއް ފެންނާނެ

8 އޮގަސްޓު 2025 - 11:41 0

ދުނިޔޭގެ އެންމެ ފޯރިގަދަ ފުޓްބޯޅަ އެއް ލީގު ކަމަށްވާ ސްޕެނިޝް ލަލިގާ، 2025/26 އަންނަ އިރު، ކުރީ ފަހަރުތަކަށް ވުރެ ފޯރިއާއެކު ކަވަރޭޖު ގެނެސްދިނުމަށް މީޑިއާނެޓާއި އައިސް ނެޓްވޯކުން ތައްޔާރުވެއްޖެ އެވެ.

ލަ ލީގާ ފެށޭނީ މި އޮގަސްޓު 15 ގައެވެ.

ރެއާލް މެޑްރިޑްގެ ސަޕޯޓަރަކަށް ވިޔަސް، ބާސެލޯނާގެ ސަޕޯޓަރަކަށް ވިޔަސް، ނުވަތަ މޮޅުވަމުން އަންނަ ޓީމުންކުރެ ޓީމެއް ހިޔާރު ކުރިޔަސް މި ފަހަރުގެ ކަވަރޭޖުގައި ފުރިހަމަވެގެން ދާނީ، ހުރިހާ ސަޕޯޓަރުންނަށް ވެސް ހިތްގައިމު ހުށަހެޅުންތަކާއި ސަޕްރައިޒްތަކާއެކު ކަމަށް އައިސް ނެޓްވޯކުން ބުނެ އެވެ.

މެޗްތައް ލައިވްކޮށް ގެނެސް ދިނުމުގެ އިތުރުން މެޗް އެނަލިލިސް ވެސް ގެނެސްދޭނެ އެވެ.

ހިތްގައިމު ގޯލުތަކާއި، ކުޅަދާނަ ސޭވްތަކާއި، ފޯރިގަދަ ވާދަވެރިކަމެއް ފެނިގެންދާނެ މި ލީގުގައި ކުޅުންތެރިންނާއި ކްލަބުތަކުން ކާމިޔާބަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް ވެސް ފެނިގެންދާނެ އެވެ.

މެޗު ވަގުތު އަންނައިރު މަސައްކަތުގެ ގޮތުން ނުވަތަ ވަގުތުގެ ގޮތުން ޓީވީއެއް، ނުވަތަ ބޮޑު ސްކްރީނެއް ކައިރީގައި ނެތަސް ކަންބޮޑުވާނެ ކަމެއް ނެތެވެ. މީޑިއާނެޓުގެ އެޕް ޑައުންލޯޑްކޮށްލާށެވެ. އޭރުން އެއްވެސް ގޯލެއް ވެސް މިސްއެއް ނުވާނެ އެވެ.