Advertisement

ޑްރޮޕްނީގެ ޗެމްޕިއަންކަން މި ފަހަރު ވެސް ކުޑަ އައްޔަ އަށް

8 އޮގަސްޓު 2025 - 11:47 0

އަތޫފް އާތިފް

އަތޫފް އާތިފް


ޑްރޮޕްނީގެ ޗެމްޕިއަންކަން މި ފަހަރު ވެސް ކުޑަ އައްޔަ އަށް

8 އޮގަސްޓު 2025 - 11:47 0

މިހާރު ކުރިއަށްދާ ގައުމީ ބޮޑީބޯޑިން ލީގުގެ ދެ ވަނަ މުބާރާތް ލަބެރާ ބޮޑީބޯޑިން ޗެލެންޖް 2025 ގެ ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަންކަން އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހޯދައިފި އެވެ،

މި މުބާރާތުގެ ޑްރޮޕްނީ ކެޓަގަރީގެ ހީޓުތައް އިއްޔެ ކުރިއަށްދިޔައިރު، ކުޑަ އައްޔަ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ނޫހް މުހައްމަދު ދުނައިމް އިރުޝާދު މައްޗަށް ކުރިހޯދައިގެންނެވެ.

ސެމީ ފައިނަލް ހީޓު, ކުޑަ އައްޔަ ކާމިޔާބުކުރީ 8.34 ގެ ސްކޯއަކާ އެކުގަ އެވެ. ނޫހް އަށް ލިބުނީ 2.97 ގެ ސްކޯ އެކެވެ.

އައްޔައާ އެކު ފައިނަލުގައި ވާދަކުރީ އާމިން އުމަރު މޫސާ އެވެ. އާމިން ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި މުހައްމަދު އަޒާން އަހުމަދުގެ މައްޗަށް ކުރިހޯދައިގެންނެވެ.

ސެމީ ފައިނަލް ހީޓުގައި އާމިން ޖުމްލަ 5.50 ސްކޯކުރިއިރު، އަޒާން އަށް ލިބުނީ 3.00 ގެ ސްކޯއެކެވެ.

ފައިނަލް ހީޓު, ކުޑަ އައްޔަ ކާމިޔާބުކުރީ 9.50 ސްކޯކޮށްގެންނެވެ. މި ހީޓުގައި ކުޑަ އައްޔަ ޖުމްލަ ހަތް ރާޅުގައި އެޅިއިރު، އޭގެ ތެރެއިން އެންމެ މަތިން ސްކޯކުރި ރާޅުގައި 5.50 ސްކޯކުރި އެވެ. އަދި ދެ ވަނަ އަށް އެންމެ މަތިން ސްކޯކުރި ރާޅުގައި 4.00 ސްކޯކުރި އެވެ.

އާމިން އަށް ފައިނަލް ހީޓުގައި ސްކޯކުރެވުނީ 6.16 އެވެ. އާމިން އެންމެ މަތިން ސްކޯކުރި ރާޅުން ލިބުނީ 3.33ގެ ސްކޯ އެކެވެ. ދެ ވަނަ އަށް އެންމެ މަތިން ސްކޯކުރި ރާޅުން އާމިން އަށް ލިބުނީ 2.83 ގެ ސްކޯ އެކެވެ.

ޑްރޮޕްނީ ކެޓަގަރީ ކާމިޔާބުކުރި އައްޔަ އަކީ ރާއްޖޭގެ ޑްރޮޕްނީގައި އެންމެ މޮޅު އެތުލީޓެވެ. އޭނާ މިހާތަނަށް އަދި ޑްރޮޕްނީގެ ފައިނަލަކުން ބަލިވެފައި ނުވެ އެވެ.