Advertisement

ލީގު ކާމިޔާބުކުރަން އާމިން ބޭނުންވަނީ ހުރިހާ މުބާރާތަކާ އެކު

7 އޮގަސްޓު 2025 - 09:38 0

އަތޫފް އާތިފް

އަތޫފް އާތިފް


ލީގު ކާމިޔާބުކުރަން އާމިން ބޭނުންވަނީ ހުރިހާ މުބާރާތަކާ އެކު

7 އޮގަސްޓު 2025 - 09:38 0

ގައުމީ ބޮޑީބޯޑިން ލީގު ކާމިޔާބުކުރަން ބޭނުންވަނީ ހުރިހާ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައިގެން ކަމަށް ކަމަށް ރާއްޖޭގެ ޒުވާން ބޮޑީބޯޑިން ތަރި އާމިން އުމަރު މޫސާ ބުނެފި އެވެ.

އާމިން ވަނީ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް، ބުރުނު ޝިކާރުގެ ފައިނަލުގައި އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި، މިހާރު ކުރިއަށްދާ ލަބެރާ ބޮޑީބޯޑިން ޗެލެންޖްގެ ކުއާޓާ ފައިނަލުން ވެސް އާމިން ވަނީ ޖާގަ ހޯދައިފަ އެވެ.

އިއްޔެ ކުރިއަށްދިޔަ ހަތަރު ވަނަ ބުރުގެ ހީޓުގައި ވާދަކޮށް އާމިން ހީޓުގެ އެއް ވަނަ ހޯދީ މި ފަހަރުގެ މުބާރާތުގެ އެންމެ މަތި ސްކޯއާ އެކުގަ އެވެ. މި ހީޓު އާމިން ކާމިޔާބުކުރީ 13.83 ގެ ސްކޯއަކުންނެވެ.

މި ހީޓުގައި އާމިން ޖުމްލަ ތިން ރާޅުގައި އެޅިއިރު، ފުރަތަމަ ރާޅުން 8.00 ސްކޯކުރި އެވެ. އެއީ މި ފަހަރުގެ މުބާރާތުގައި އެއް ރާޅުގައި އެތުލީޓަކު އެންމެ މަތިން ސްކޯކުރި ވަރެވެ. އަދި އާމިންގެ ދެ ވަނަ ރާޅުގައި 6.83 ސްކޯކުރި އެވެ.

މި ހީޓަށް ފަހު "އަދަދު ސްޕޯޓްސް"އާ ވާހަކަ ދައްކަމުން އާމިން ބުނީ އެންމެ ބޮޑު އަމާޒަކީ ގައުމީ ބޮޑީބޯޑިން ލީގު ކާމިޔާބުކުރުން ކަމަށެވެ. އެހެންވެ، މި މުބާރާތުގެ ނަތީޖާ ވަރަށް މުހިންމު ކަމަށާއި، ބޭނުންވަނީ ފަހު މުބާރާތައް މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަމާއެކު ދިޔުން ކަމަށެވެ.

"އަސްލު މި މުބާރާތައް އައިއިރު، އަމާޒަކީ ހަމަ ދެވަނަ މުބާރާތް ނަގާފަ، ދެން އަސްލު އެންމެ ބޮޑު އަމާޒަކީ މި އަހަރު ނެޝެނަލް ޗެމްޕިއަންކަން ނެގުން. އެހެންވެ މި މުބާރާތުގެ ނަތީޖާ ވަރަށް މުހިންމު. އޭގެ އަށް ބަލާއިރު އާމިން އަށް އަދި ވަރަށް ރަނގަޅަށް އެޅެނީ." އާމިން ފާހަގަކުރި އެވެ.

އާމިން ބުނީ މި ކަންކަމުގެ އިތުރުން ކޮންމެ ހީޓަކަށް ނުކުންނައިރުވެސް ހީޓުގެ ހަޔަސްޓް ސްކޯ ހޯދަން މަސައްކަތް ކުރާ ކަމަށެވެ.