Advertisement

އެމްޑީޕީގެ ކޮންގްރެސް އަންނަ އަހަރުގެ މެދުތެރެއަށް ފަސްކޮށްފި

7 އޮގަސްޓު 2025 - 08:53 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

2022 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވި ބައެއް މެންބަރުން. -- ފޮޓޯ: އަދަދު


އެމްޑީޕީގެ ކޮންގްރެސް އަންނަ އަހަރުގެ މެދުތެރެއަށް ފަސްކޮށްފި

7 އޮގަސްޓު 2025 - 08:53 0

އެމްޑީޕީގެ ރައީސްގެ މަގާމާއި ޗެއާޕާސަންގެ މަގާމު ވަކިވަކިން ބޭއްވުމުގެ ބަދަލުގައި، އޭގެ ތެރެއިން އެއް މަގާމެއް ދަމަހައްޓައި، އަދި އަސީސީ ގަވާއިދަށް އިތުރު އިސްލާހުތައް ގެނައުމަށްޓަކައި ބާއްވަން ނިންމާފައި އޮތް އެ ޕާޓީގެ ކޮންގްރެސް އަންނަ އަހަރުގެ މެދުތެރޭގައި ބާއްވަން ފަސްކޮށްފި އެވެ.

އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސްއެއް މި މަހުގެ 15، ގެ ކުރިން ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން އޮތީ ފާސްކޮށްފަ އެވެ. އެ ނިންމުން ބަދަލުކުރީ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުންނެވެ.

އެމްޑީޕީގެ އެންމެ އިސް ދެ މަގާމު އެއްކޮށްލުމާ ގުޅޭ ގޮތުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެފައި ވަނީ އެ ބަދަލުގެ ސަބަބުން ޕާޓީ ހިންގުން ހަރުދަނާ ވާނެ ކަމަށެވެ.

ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވިއިރު، ޕާޓީގެ ރައީސް އަކީ އަބްދުﷲ ޝާހިދު އެވެ.

ދެ މަގާމު އެއްކޮށްލުމަށްފަހު ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނަ މީހަކަށް، އެ މަގާމުގެ ދައުރުގެ ތެރޭގައި އަންނަ ރިޔާސީ އިންތިހާބެއްގައި ވާދަނުކުރެވޭނެ ގޮތަށް އަސާސީ ގަވާއިދު އިސްލާހު ކުރަން ކޮންގްރެސް އަށް ހުށަހަޅާނެ ކަމަށް ވެސް ފައްޔާޒު ކުރިން ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ވެރިކަމެއްގައި ޕާޓީގެ ލީޑަރަށް ސަރުކާރުގެ އެއްވެސް މަގާމަކަށް، މަޖިލީހުގެ މެންބަރުކަމަށް ނުވަތަ މިނިވަން މުއައްސަސާއެއްގެ ވަޒީފާއަކަށް ނުދެނޭވެ ހެން ހެދުމަކީ ފައްޔާޒު ކޮންގްރެސް އަށް ހުށަހަޅުއްވާނެ ބަދަލެކެވެ.

މި ބަދަލުގެ ބޭނުމަކީ ޕާޓީގެ ތެރޭގައި އުފެދޭ ފެކްޝަންތަކާއި އެހެން ސިޔާސީ އޮއިވަރުތަކުގެ ތެރެއިން މިނިވަންކަމާއެކު ޕާޓީ ހިންގުމުގެ ފުރުސަތު ދިނުންކަން އޭނާ ވިދާޅުވެފައިވެ އެވެ.

އެންމެ ފަހުން އެމްޑީޕީގެ ކޮންގްރެސްއެއް ބޭއްވީ 2022 ގައި މާލޭގަ އެވެ.

--

އަޕްޑޭޓުތަކާއި ބްރޭކިން ނިއުސްތަކަށް އަދަދު ނޫހުގެ ޓެލެގްރާމް އެކައުންޓު ފޮލޯކުރާށެވެ.