Advertisement

ގައުމީ ލީގުގެ ޖޫނިއާ ކެޓަގަރީ ކާމިޔާބު ކުރަން އިޔަން އަށް ލަބެރާ މުހިންމު

6 އޮގަސްޓު 2025 - 11:04 0

އަތޫފް އާތިފް

އަތޫފް އާތިފް

ލަބެރާ ބޮޑީބޯޑިން ޗެލެންޖްގެ ޖޫނިއާ ކެޓަގަރީގެ ހީޓު ކާމިޔާބުކުރުމަށްފަހު އިޔަން އުފާފާޅުކުރަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ގައުމީ ލީގުގެ ޖޫނިއާ ކެޓަގަރީ ކާމިޔާބު ކުރަން އިޔަން އަށް ލަބެރާ މުހިންމު

6 އޮގަސްޓު 2025 - 11:04 0

ގައުމީ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ކެޓަގަރީ ކާމިޔާބުކުރަން ލަބެރާ ބޮޑީބޯޑިން ޗެލެންޖް ކާމިޔާބު ކުރުން މުހިންމު ކަމަށާއި، މަސައްކަތް ކުރަނީ ލީގު ކާމިޔާބު ކުރަން ކަމަށް އިޔަން އަހުމަދު ބުނެފި އެވެ.

ގައުމީ ލީގުގެ ފުރަތަމަ މުބާރާތް ބުރުނު ޝިކާރުގެ ޗެމްޕިއަންކަން ހޯދައި އިޔަން މިހާރު އޮތީ ލީގުގެ އެއް ވަނައިގަ އެވެ.

ލަބެރާ ބޮޑީބޯޑިން ޗެލެންޖްގެ ޖޫނިއާ ކެޓަގަރީގައި އިޔަން ވާދަކުރި ފުރަތަމަ ހީޓު އޭނާ ކާމިޔާބުކުރީ 13.00 ގެ ސްކޯއަކާ އެކުގަ އެވެ.

މި ހީޓަށް ފަހު "އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން އިޔަން ބުނީ ފުރަތަމަ ހީޓު އުންމީދު ކުރި ގޮތަށް ރަނގަޅަށްދިޔަ ކަމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ހީޓުގައި ވެސް ފުރަތަމަ ހީޓު ދިޔަ ގޮތައް ޕާފޯމްކުރަން މަސައްކަތް ކުރާނެ ކަމަށް އިޔަން ބުންޏެވެ.

"ވަރަށް ސަޅިކޮށް ހީޓު ހަމަ ދިޔައީ، އިޔަން ވަރަށް ކޮންފިޑެންކޮށް އެޅުނު ހަމަ. ދެން އޮތް ހީޓުގަ ވެސް ހަމަ އެހެން އެޅޭތޯ ބަލާނަން ހަމަ. އިޔަން މަސައްކަތް ކުރަނީ ހަމަ ޑިފެންޑް ކުރަން (ބުރުނު ޝިކާރުގެ ކާމިޔާބީ). ދެން މީތި މޮޅުވެއްޖެއާ، ލީގުން މޮޅުވާންވެސް ވަރަށް ހެލްޕް ވާނެ ދޯ." އިޔަން ފާހަގަކުރި އެވެ.

އިޔަން ބުނީ މި މުބާރާތުގެ ޖޫނިއާ ކެޓަގަރީ ކާމިޔާބުކުރަން ޓާގެޓްކުރި ނަމަވެސް އޯޕަން ކެޓަގަރީގައި ކުރިއަށްދާން ވެސް މަސައްކަތް ކުރާނެ ކަމަށެވެ. އެކަމަކު އޯޕަން ކެޓަގަރީގެ ފުރަތަމަ ހީޓު ބޭނުންވި ގޮތައް ނުދިޔަ ކަމަށް އިޔަން ބުންޏެވެ.

އިޔަން ވަނީ މިދިޔަ އަހަރުގެ ގައުމީ ބަނޑުފިލާ ޗެލެންޖްގެ އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.