Advertisement

ވައިގަދަވެ ކަނޑުތައް ގަދަވާނެތީ އުތުރަށް ޔެލޯ އެލާޓް، ދެކުނަށް ވައިޓް އެލާޓް ނެރެފި

5 އޮގަސްޓު 2025 - 09:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކަނޑުތައް ވަރަށް ގަދަ: ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރޭ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ވައިގަދަވެ ކަނޑުތައް ގަދަވާނެތީ އުތުރަށް ޔެލޯ އެލާޓް، ދެކުނަށް ވައިޓް އެލާޓް ނެރެފި

5 އޮގަސްޓު 2025 - 09:41 0

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ އުތުރަށް ޔެލޯ އެލާޓް އަދި ދެކުނަށް ވައިޓް އެލާޓް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރެފި އެވެ.

މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް ޔެލޯ އެލާޓް ހެނދުނު 7:30 އިން ފެށިގެން މެންދުރު 1:30 އަށް ނެރުނީ ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރުމަށްފަހު އެވެ.

އއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވައިޓް އެލާޓް ހެނދުނު 7:30 އިން ފެށިގެން މެންދުރު 1:30 ގެ ނިޔަލަށް ނެރުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެއަށް ބުދަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށާއި، ހާއްސަކޮށް މުޅި ރާއްޖެއަށް ވިއްސާރަވެ، އާންމު ގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް މެޓުން ލަފާކޮށްފައިވާތީ އެމްއެންޑީއެފް އިން ވަނީ މޫސުމަށް ސަމާލުވުމަށް އެންމެހައި ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.

މިގޮތުން އެމްއެންޑީއެފްއިން ބުނީ ރޭގަނޑު ދަތުރު ނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށް އަދި މެޓް އޮފީހުން ޔެލޯ ނުވަތަ އޮރެންޖު އެލާޓް ނެރެފައިވަނިކޮށް ދަތުރު ނުކުރަން އިލްތިމާސްކުރާ ކަމަށެވެ.