ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް: ޓޫރިޒަމް ޓްރަސްޓު ފަންޑު ކޮމިޓީ ޗެއާކުރައްވަނީ މިނިސްޓަރު -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
މި ފަހުން ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އުފެއްދި ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވާއިދު އެކުލަވާލައި، ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.
މިއީ ޓޫރިޒަމް ދާއިރާއަށް މާލީ އެހީތެރިން ފޯރުކޮށްދިނުމަށާއި އެފަދަ އެހީތައް ޒިންމާދާރު ގޮތެއްގައި އަމާނާތްތެރިކަމާ އެކު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކުރެވުމުގެ ގޮތުން އެކުލަވާލެވުނު ފަންޑެކެވެ.
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވާއިދު އާންމުކުރަމުން ޓޫރިޒަމުން ކުރި އިއުލާނުގައި ބުނީ މިއީ ޓޫރިޒަމް ސިނާއަތުގެ ފެންވަރު ދަމަހައްޓައި، އެ ސިނާއަތުގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިއަދު އާންމުކުރި ގަވާއިދުގައި ފަންޑަށް ލިބޭ ފައިސާ ހަރަދު ކުރާނެ ގޮތްތައް ހިމަނާފައި ވެ އެވެ. މި ފަންޑަށް ޖަމާކުރަނީ ޓޫރިޒަމް މިނިސްޓްރީން ހިންގާ ހަރަކާތްތަކަށް ލިބޭ ސްޕޮންސާޝިޕާއި އެހެނިހެން ފައިސާ އާއި ޓޫރިޒަމް ވިޔަފާރިތަކުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ގޮތުގައި ދައްކާ ފައިސާ އާއި ފަންޑުގެ އިންވެސްޓުމަންޓުތަކުން ލިބޭ ފައިސާގެ އިތުރުން ރިސޯޓުތައް ހަދަން ތަންތަން ކުއްޔަށް ދޫކުރާއިރު ޓްރެއިނިން ފަންޑަށް ނަގާ ފައިސާ އެވެ.
ޓޫރިޒަމް ޓްރަސްޓު ފަންޑު ބަލަހައްޓަނީ ޓްރަސްޓު ފަންޑު ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ޓޫރިޒަމް މިނިސްޓްރީންނެވެ. މި ކޮމިޓީން ފަންޑު ހިންގަން ޖެހެނީ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށެވެ. ޓޫރިޒަމް ޓްރަސްޓު ފަންޑު ކޮމިޓީގައި ހަތް މެންބަރުން ތިބެން ޖެހެ އެވެ. އެ ހަތް މެންބަރުން ނަގަނީ:
މި ކޮމިޓީއަށް ހަތް މެންބަރުން ނަގަނީ ޓޫރިޒަމް މިނިސްޓްރީންނެވެ. އަދި ކޮމިޓީގެ ޗެއާއަކަށް ހުންނަވަނީ ޓޫރިޒަމް މިނިސްޓަރެވެ. މި ކޮމިޓީއަށް މެންބަރުން އައްޔަނުކުރަނީ ފަސް އަހަރަށެވެ.
މި ފަންޑަށް ޖަމާކުރާ ފައިސާ ބޭނުންކުރެވެނީ:
މި ފަންޑުގެ މާލީ ހިސާބުތައް ހިމެނޭ ރިޕޯޓެއް، ކޮންމެ މާލީ އަހަރެއް ނިމޭއިރު ތައްޔާރުކޮށް ތިން މަސް ތެރޭގައި ރައީސް އޮފީހަށާއި، ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލަށާއި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ.
Comment