Advertisement

ސްރީލަންކާގެ ކުރީގެ ރައީސުންނަށް ދޭ އިނާޔަތް އުނިކުރަން ބިލެއް ހުށަހަޅަނީ

4 އޮގަސްޓު 2025 - 16:11 2

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله


ސްރީލަންކާގެ ކުރީގެ ރައީސުންނަށް ދޭ އިނާޔަތް އުނިކުރަން ބިލެއް ހުށަހަޅަނީ

4 އޮގަސްޓު 2025 - 16:11 2

ސްރީ ލަންކާގެ ކުރީގެ ރައީސުންނަށާއި ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ދޭ އުމުރު ދުވަހުގެ އިނާޔަތްތައް ކަނޑާލުމުގެ ބިލެއްގެ ދެލިކޮޕީ އެކުލަވާލައިފި އެވެ.

މި ބިލު ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމާއެކު ފަސް އަހަރު މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ދެމުން އައި އުމުރު ދުވަހުގެ ޕެންޝަނާއި، ކުރީގެ ރައީސުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް ދެމުންއައި ސެކިއުރިޓީ އާއި ބޯހިޔާވަހިކަމާއި މުވައްޒަފުންގެ އިނާޔަތްތައް ހުއްޓިގެންދާނެ އެވެ.

ސްރީލަންކާގެ ކުރީގެ ރައީސުންނަށް ލިބެމުންދާ އިނާޔަތް ތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި, މާލީ އެލަވަންސާއި ދަތުރުފަތުރު ކުރުމުގެ ހަރަދު, އަދި އެ ފަރާތްތަކަށް ބޭނުންވާ މުވައްޒަފުންގެ މުސާރަ ފަދަ އިނާޔަތްތައް ހިމެނެ އެވެ. މިހާރު އެ ގައުމުގައި ގާނޫނު އޮންނަ ގޮތުން މި އިނާޔަތްތަކަކީ ކުރީގެ ރައީސުންނާއި, މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް ލިބެ އެވެ.

ފާއިތުވި ހަފުތާގައި ސްރީ ލަންކާގެ ވަޒީރުންގެ މަޖިލީހުން ވަނީ މިކަމަށް މަޝްވަރާކޮށް، ގާނޫނު ހަދާ މަޖިލީހަށް ބިލް ހުށަހެޅުމަށް ދަނީ ތައްޔާރުވަމުންނެވެ.

ރައީސް އަނުރާ ކުމާރަ ޑިސަނަޔަކެގެ ސަރުކާރުން ވަނީ އެ ގައުމުގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވެސް ހިމެނޭ ގޮތަށް ކުރީގެ ރައީސުންގެ ސެކިއުރިޓީ ވެސް ކުޑަކޮށްފަ އެވެ.