Advertisement

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިސޯޓެއް ސަބްމެރިން ކޭބަލަކުން ގުޅާލުމުގެ ޝަރަފު އުރީދޫއަށް

2 އޮގަސްޓު 2025 - 21:27 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިސޯޓެއް ސަބްމެރިން ކޭބަލަކުން ގުޅާލުމުގެ ޝަރަފު އުރީދޫއަށް

2 އޮގަސްޓު 2025 - 21:27 0

އުރީދޫ މޯލްޑިވްސް އިން ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީ ސަބްމެރިން ކޭބަލަކުން ކާމިޔާބުކަމާއެކު ގުޅާލައި، ރާއްޖޭގެ ރިސޯޓެއް ފުރަތަމަ ފަހަރަށް ސަބްމެރިން ކޭބަލަކުން ގުޅާލުމުގެ ޝަރަފު އެ ކުންފުނިން ހޯދައިފި އެވެ.

އުރީދޫ އިން ބުނީ އެ ސަބްމެރިން ކޭބަލް ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުއްޓާއި މާފުށި މެދުވެރިކޮށް ހިނގަމުންދާއިރު، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ އެންމެ ޒަމާނީ ޑޭޓާ ސެންޓަރާއި ގުޅާލާފައިވާތީ ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އިތުރު ކެޕޭސިޓީ އާއި ރެޒިލިއަންސް އަދި ސްޕީޑް ކަށަވަރުވާނެ ކަމަށެވެ.

ސަބްމެރިން ކޭބަލް ގުޅައިލުން ފާހަގަކުރުމަށް ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި ބޭއްވުނު ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖޭގައި ފުރަތަމް ފަހަރަށް ސަބްމެރިން ކޭބްލް ރިސޯޓަށް ގުޅާލިމަކީ ޑިޖިޓަލް ޑިވައިޑް ނައްތާލައި މުސްތަގުބަލަށް ތައްޔާރުވެފައިވާ ކަނެކްޓިވިޓީއަކުން މުޖުތަމައުތައް ބާރުވެރި ކުރުވުމަށް ކުރާ މަސައްކަތުގައި ހަގީގީ ޑިޖިޓަލް ރާއްޖެއެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޑުއަލް ރިޑަންޑަންސީ އާއި ޑެޑިކޭޓެޑް ސަބްމެރިން ކޭބަލަކާއި ޕްރައިވެޓް 5ޖީ އަށް ތައްޔާރު ވެފައިވާ އަދި އެޑްވާންސް ޓްރީ ޓަވަރެއް ހިމެނޭ ރާއްޖޭގެ ފުރަތަމަ ރިސޯޓެއްގެ ހައިސިއްޔަތުން ހޮސްޕިޓާލިޓީ ދާއިރާގެ ތެރޭގައި އިނޮވޭޝަނަށް އާ މިންގަނޑެއް ކަނޑައެޅިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭއައި ޕަވާޑް ފީޗާތަކާއި ޕްރައިވެޓް 5ޖީ އިންފްރާސްޓްރަކްޗާއާ އެކު، އެ ރިސޯޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ނެކްސްޓް ޖެނެރޭޝަންގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ

އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވިދާޅުވީ ސަބްމެރިން ކޭބަލް ލޭންޑިން އަކީ، ޓޫރިސްޓް ރިޒޯޓެއްގައި ފުރަތަމަ ފަހަރަށް ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވިފައިވާ، މުޅިން ގުޅިލާމެހިފައިވާ، މުސްތަގުބަލަށް ތައްޔާރުވެފައިވާ ދިވެހިރާއްޖެއަކާ ގާތްކޮށްދޭ އިތުރު ކާމިޔާބީއެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސް ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމަށް ފެށީއްސުރެ 20 އަހަރު ފުރުން ފާހަގަކުރާ އިރު، މި މުހިންމު ޕްރޮޖެކްޓާއެކު އެ ކުންފުނީގެ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް ކުރާ މަސައްކަތަށް ލިބުނު އިތުރު ބާރަކަށް ވެގެންދާނެ އެވެ.