Advertisement

މިއަހަރުގެ މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން އަތުވެއްޖެ، އެއީ ނުވަ ޕަސެންޓުގެ ކުރިއެރުމެއް

31 ޖުލައި 2025 - 20:05 0


މިއަހަރުގެ މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން އަތުވެއްޖެ، އެއީ ނުވަ ޕަސެންޓުގެ ކުރިއެރުމެއް

31 ޖުލައި 2025 - 20:05 0

މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެ ފަތުރުވެރިން އަދަދަށް ވުރެ މި އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 9.5 ޕަސެންޓު އިތުރުވެ، އިއްޔެގެ ނިޔަލަށް 1.28 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފި އެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެވްރެޖުކޮށް 6،107 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ. އިއްޔެގ ނިޔަލަށް ޖުމްލަ ޒިޔާރަތް ކުރީ 1،288،568 ފަތުރުވެރިންނެވެ.

މި އަހަރު ހިމަނައިގެން ވެއެތުވެދިޔަ ހަތަރު އަހަރު ވެސް ފަތުރުވެރިން އަންނަ މިންވަރު ދަނީ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންނެވެ. ނިސްބަތުން އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ 2022 ވަނަ އަހަރެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ފަތުރުވެރިކަން ހުއްޓިފައި އޮތުމަށްފަހު އެ އަހަރު 26 ޕަސެންޓުގެ ކުރިއެރުމެއް ލިބުނެވެ.

ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 73 ޕަސެންޓަކީ ޓުއަރިސްޓު ރިސޯޓުތަކަށް އައި ފަތުރުވެރިންނެވެ. ފަތުރުވެރިންގެ ތެރެއިން ގެސްޓް ހައުސްތަކަށް ދިޔައީ 22 ޕަސެންޓު މީހުންނެވެ. ޓުއަރިސްޓު ހޮޓާތަކަށް 2.7 ޕަސެންޓު މީހުން އައި އިރު ޓުއަރިސްޓު އުޅަނދުތަކަށް އައީ 2.1 ޕަސެންޓު މީހުންނެވެ.

ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކުރީ ޗައިނާ ފަތުރުވެރިންނެވެ. ދެން އެންމެ ގިނައީ ރަޝިޔާ، އިނގިރޭސިވިލާތް، ޖަރުމަނު، އިންޑިއާ އެމެރިކާ، ފްރާންސް، ސްޕެއިން އަދި ސްވިޒަލޭންޑުގެ ފަތުރުވެރިންނެވެ.

ރާއްޖޭގައި މިވަގުތު 1244 ޓުއަރިސްޓު ފެސިލިޓީ އޮޕަރޭޓު ކުރެ އެވެ. އެއީ 183 ރިސޯޓާއި 886 ގެސްޓް ހައުސް އާއި 16 ހޮޓަލާއި 159 ޓުއަރިސްޓު އުޅަނދެވެ. އެ ހުރިހާ ތަނެއްޖެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 65،943 އެވެ.