އާރްއޭސީއެލްގެ އެމްޑީގެ މަގާމުން އިސްތިއުފާދިން އަހުމަދު މުބީން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) ގެ އެމްޑީ އަހުމަދު މުބީން އިއްޔެ އިސްތިއުފާ ދީފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އާރްއޭސީއެލްގެ އެމްޑީކަމުން މުބީން އިސްތިއުފާ ދިނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ދަށަށް އާރްއޭސީއެލް ބަދަލުކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާތީ އެވެ.
18 ވަނަ މަޖިލީހުގައި ބިލެއްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި މުބީންއަކީ މިހާރު ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓުބޯޅަ ކްލަބް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަނެވެ.
އާރްއޭސީއެލްގެ ހުރިހާ މުވައްޒަފުން އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށް، މިހާރު އެތަނުގެ ވަޒީފާއަށް ނިކުންނަން ވެސް ފަށާފައިވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.
އެކަމަކު އެމްއޭސީއެލްގެ ދަށަށް އާރްއޭސީއެލް ބަދަލު ކުރުމުގެ ހުރިހާ މަސައްކަތެއް ނިމިފައެއް ނުވެ އެވެ. އެގޮތުން ލިކިއުޑޭޓް ކުރުމުގެ ޕްރޮސެސް ވެސް މިހާތަނަށް ނުނިމޭއިރު، އެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ނިންމަން ވަނީ އަމާޒު ހިފާފަ އެވެ.
ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އާރްއޭސީއެލް އާއި އެމްއޭސީއެލް އެއްކޮށްލަން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކެބިނެޓުންނެވެ.
Comment