29 ޖުލައި 2025 - 10:10 0
ލީވާން އަލީ ނާސިރު
އުމަރު ޒާހިރު ބިލްޑިން: އެ ބިލްޑިންގައި ހުންނަ ޓްރާންސްޕޯޓް މިނިސްޓްރީގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ހިދުމަތްތައް ވަނީ މެދުކެނޑިފައި -- ފޮޓޯ: ރައީސް އޮފީސް
29 ޖުލައި 2025 - 10:10 0
ޓްރާންސްޕޯޓް މިނިސްޓްރީގެ ސާވާއަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެ މިނިސްޓްރީގެ ހިދުމަތްތައް ވަގުތީގޮތުން މެދުކެނޑިޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ސާވާއަށް މައްސަލަ ދިމާވީ ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށާއި އެކަން ހައްލު ކުރުމަށް ޓެކްނިކަލް ޓީމުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
"މިވަގުތު އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދޭ. މި ދަތި ވަގުތުގައި ތިޔަ އެންމެހައި ބޭފުޅުން ދެއްވާ އެއްބާރުލެއްވުމާއި ކެތްތެރިކަމަށްޓަކައި އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" މިނިސްޓްރީން ބުންޏެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއްހެން ދެމުން އަންނަނީ އޮންލައިންކޮށް ކަމަށްވުމުން، ސާވާ ޑައުންވުމުން ހިދުމަތްތައް ނުލިބޭނެ އެވެ.
ސަަރުކާރުގެ އެކި އިދާރާތަކުގެ އޮންލައިން ޕްލެޓްފޯމްތައް ފަހަކަށް އައިސް ޑައުންވެ، ހިދުމަތްތައް ލިބުމުގައި ދަތިތައް ދިމާވަމުންދާކަން ފާހަގަކުރެވެ އެވެ. މިގޮތުން ޖުލައި 9، ގައި އާސަންދަ ސާވާ ވެސް ޑައުންވެ، ހިދުމަތް ނުލިބި އެތައް ގަޑިއިރެއް ވަންދެން ތިބެން ޖެހުނެވެ.
Comment