Advertisement

ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށައިފި

28 ޖުލައި 2025 - 11:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމަށް ކުރި ފުރަތަމަ ދަތުރުގައި މީހުން ރަށަކަށް ފައިބަނީ. -- ފޮޓޯ: ޓްރާންސްޕޯޓު މިނިސްޓްރީ


ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށައިފި

28 ޖުލައި 2025 - 11:11 0

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް، ޒޯން 2 ގައި ހިމެނޭ ބ. އަތޮޅުގައި މިއަދު ފަށައިފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭގައި ތައާރަފު ކުރި އާރުޓީއެލްގެ ހިދުމަތް، މިހާރު ޓޫރިޒަމް ދާއިރާ ފުޅާވަމުންދާ ބ. އަތޮޅުގައި މިއަދު ތައާރަފުކޮށް، ދަތުރުތަކަށް އަހުލުވެރިވުމުގެ ފުރުސަތު ދިނުމަށް އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ދަތުރުތައް ކުރާނީ ހިލޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

އަހުލުވެރިކުރުމުގެ ދަތުރުތަކަށް ފަހު އޮގަސްޓް 4، އިން ފެށިގެން އާރްޓީއެލް ފެރީގެ ހިދުމަތް ބ. އަތޮޅަށް ލިބޭނީ ޓިކެޓު ނަގައިގެން ކަމަށާއި ޓިކެޓު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އޮގަސްޓް 1، އިން ފެށިގެން އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕުން ގަނެވޭނެ އެވެ.

އާރުޓީއެލް ފެރީ މަޝްރޫއުގެ ދަށުން ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅު، ނ. އަތޮޅު އަދި ރ. އަތޮޅުގައި މިހާރުވެސް ހިދުމަތް ފޯރުކޮށްދެމުން ދާއިރު، ބ. އަތޮޅުގައި ހިދުމަތް ފެށުމާއެކު މުޅި ޒޯން 2 އަށް ހިދުމަތް ފުޅާކުރެވުނީ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ޒޯން 2 ގައި ހިމެނޭ ހަތަރު އަތޮޅުގައި، އެއް އަތޮޅުން އަނެއް އަތޮޅަށް އާރުޓީއެލްއިން ގުޅާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ބ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށުމާއެކު، މިހާރު ރާއްޖޭގެ 11 އަތޮޅެއްގައި ފެރީގެ ހިދުމަތް ދެމުންދާނެ އެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުޑަ އަގެއްގައި ދަތުރުފަތުރު ކުރެވޭނެ މަގުފަހިކޮށްދިނުމެވެ.