Advertisement

ސްރީލަންކާގެ ރައީސް ޑިސަނަޔަކެ ފުރަމާނަ ދަތުރެއްގައި ރާއްޖެ ވަޑައިގެންފި

28 ޖުލައި 2025 - 08:24 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލަންކާގެ ރައީސް ޑިސަނަޔަކެ އަދި ރައީސް މުއިއްޒު އެއާޕޯޓުގައި: ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް މި ދަތުރުގައި ކުރިއަށްގެންދާނެ -- ފޮޓޯ: ރައީސް އޮފީސް


ސްރީލަންކާގެ ރައީސް ޑިސަނަޔަކެ ފުރަމާނަ ދަތުރެއްގައި ރާއްޖެ ވަޑައިގެންފި

28 ޖުލައި 2025 - 08:24 1

އަވައްޓެރި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކެ ފުރަމާނަ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ޑިސަނަޔަކެ ރާއްޖެއަށް މިއަދު ވަޑައިގެންނެވީ ދެ ދުވަހުގެ ދަތުރެއްގަ އެވެ. އެމަނިކުފާނަށް ހުޅުލޭ އެއާޕޯޓުން މަރުހަބާ ދެންނެވީ މުއިއްޒެވެ.

ދަތުރުގެ ތެރެއިން މުއިއްޒު އާއި ޑިސެނަޔަކެ ބައްދަލުކުރައްވައި، ދެ ގައުމުގެ ދޭތެރޭގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ގައުމުން އެކި ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމަށް މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޑިސަނަޔަކެ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965، ގަ އެވެ. އެހެންކަމުން މި އަހަރަކީ ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.

ޑިސެނަޔަކެ ރާއްޖެ ވަޑައިގެންފައިވާއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުކުރު ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ފުރަމާނަ ދަތުރެއް ރާއްޖެއަށް ކުރެއްވި އެވެ.