Advertisement

މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރު ފަށައިފި

26 ޖުލައި 2025 - 16:40 0

ކުރީ އަހަރެއްގެ މިނިވަން ދުވަހުގައި ސިފައިން ބޭއްވި ޕެރޭޑުގެ ތެރެއިން: މާލޭގެ އިތުރުން މާދަމާ ހުޅުމާލޭގައި ވެސް ސިފައިން ހިނގާލުން އޮންނާނެ -- ފޮޓޯ: އަބްދުالله އިޔާން/އަދަދު


މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރު ފަށައިފި

26 ޖުލައި 2025 - 16:40 0

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު މާލޭގައި ބާއްވާ ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ފަށައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވާ މި ހަރަކާތްތަކުގައި، މާލެ މަގު މަތީގައި ސިފައިން ހިނގާލުން އޮންނާނެ އެވެ ރައީސް އޮފީސް ކައިރިން، ވެލާނާގޭ ސަރަހައްދުން މި ހިނގާލުން ފަށައިގެން ގޮސް ނިންމަނީ ކަޅުތުއްކަލާ ކޮއްޓަށެވެ.

ސިފައިންގެ ޕެރޭޑު މާލޭގެ ހަތަރު ސަރަހައްދެއްގައި މަޑުކުރާނެ އެވެ. އެއީ:

  • ދިވެހި ބަހުގެ އެކެޑެމީ ކުރިމަތި (ސޯސަން މަގު)
  • ޗާންދަނީ މަގު ޖަންކްޝަން (މަޖީދީ މަގު)
  • މިލިއަން ބުކްޝޮޕް ކައިރި (މަޖީދީ މަގު)
  • ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމަތި

މި ހަރަކާތުގެ އިތުރުން، މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތާ ގުޅުވާ މާލެ ވަށައި، 16 ސަރަހައްދަކުން ހަވާ އަރުވަން ވަނީ ހަމަޖެހިފަ އެވެ. މި ރަސްމިއްޔާތުގައި ޑްރޯން ޝޯއެއް ވެސް އޮންނާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

މިއީ މި ފަހަރުގެ މިނިވަން ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ކަމަށް ބުނެ ސަރުކާރުން ކުރަމުން އަންނަ ކަންކަމެވެ.