Advertisement

އެމްޑީޕީ އާއި އެހެން ސިޔާސީ ޕާޓީތަކާ މޯދީ ބައްދަލުކުރައްވައިފި

26 ޖުލައި 2025 - 13:13 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެމްޑީޕީ އާއެކު މޯދީ ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. އެމްޑީޕީގެ ދެ ސަރުކާރާ ވެސް އިންޑިއާ ސަރުކާރުން ގާތް ގުޅުމެއް ބޭއްވި --- ފޮޓޯ: ޕްރައިމް މިނިސްޓާސް އޮފީސް އިންޑިއާ


އެމްޑީޕީ އާއި އެހެން ސިޔާސީ ޕާޓީތަކާ މޯދީ ބައްދަލުކުރައްވައިފި

26 ޖުލައި 2025 - 13:13 1

ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މި ބައްދަލުވުންތައް މޯދީ ބޭއްވެވީ ކުރުނބާ މޯލްޑިވްސްގަ އެވެ. އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއެކު މޯދީ ބޭއްވެވީ ވަކި ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެެއާޕާސަން ފައްޔާޒް އިސްމާއީލް، ރައީސް އަބްދުالله ޝާހިދު، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަދި ޔޫތު ވިންގްގެ ރައީސް ރިފްގާ ޝިހާމް ބައިވެރިވި އެވެ.

"ސިޔާސީ ދާއިރާގެ އެކި ލީޑަރުންގެ ބައިވެރިވުމަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ވަރުގަދަ އަދި ތާރީހީ އެކުވެރިކަމުގެ ގުޅުމަށް ދެފަރާތުން ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއް. ދެ ގައުމުން ހިއްސާކުރާ އަސާސްތަކުން މި މުހިންމު ގުޅުމަށް އެހީތެރިވެދޭ،" އެ ބައްދަލުވުންތަކަށް ފަހު މޯދީ ސޯޝަލް މީޑިއާގައި ލިޔުއްވި އެވެ.

ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު މޯދީ


އެމްޑީޕީގެ ދެ ސަރުކާރަށް ވެސް އެންމެ ބޮޑަށް އެހީތެރިކަން ދިން ބޭރު ގައުމަކީ އިންޑިއާ އެވެ. އެހެންވެ، އެމްޑީޕީއަކީ އިންޑިއާއާ ހާއްސަ ގުޅުމެއް އޮންނަ ޕާޓީއެއް ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެ އެވެ.

އެމްޑީޕީގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމްއާ ވެސް މޯދީ ބައްދަލުކުރެއްވި އެވެ.

މި ބައްދަލުވުންތަކާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކުން ބަހެއް ބުނެފައި ނުވެ އެވެ.