Advertisement

ބޮޑު ކްލަބެއްގެ ބެންޗަށް ދިއުމުގެ ވިސްނުމެއް އަދި ފަބްރެގަސްގެ ނެތް

25 ޖުލައި 2025 - 09:03 0


ބޮޑު ކްލަބެއްގެ ބެންޗަށް ދިއުމުގެ ވިސްނުމެއް އަދި ފަބްރެގަސްގެ ނެތް

25 ޖުލައި 2025 - 09:03 0

ރޯމް، އިޓަލީ (ޖުލައި 25) - ނަން މަޝްހޫރު ބޮޑު ކްލަބަކާ ހަވާލުވެ، އެ ޓީމަށް ކޯޗުކޮށްދޭން ބެންޗަކަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށް އިޓަލީގެ ކޯމޯގެ ކޯޗުކަމާ ހަވާލުވެ ހުރި ސްޕެއިނުގެ ސެސްކް ފަބްރެގަސް ބުނެފި އެވެ.

އާސެނަލާއި ބާސެލޯނާ އަދި ޗެލްސީގެ ކުރީގެ މިޑްފީލްޑަރު، ފަބްރެގަސް، 38، އަށް މި ފަހަރު އިންޓަ މިލާނުގެ ކޯޗުކަމާ ހަވާލުވާން ލިބުނު ފުރުސަތު ދޫކޮށްލިއިރު، މީގެ ކުރިން ބަޔާން މިއުނިކާއި އޭސީ މިލާނުން ވެސް އޭނާ ގެންދަން މަސައްކަތްކުރި އެވެ.

އެކަމަކު، އޭގެއިން ކޮންމެ އޮފާއަކަށް ވެސް ފަބްރެގަސް ފުރަގަސްދިނީ، މިހާރު މަސައްކަތް ކުރަމުން އަންނަ ކޯމޯގެ ޕްރޮޖެކްޓާ އެކު ކުރިއަށްދިއުމަށެވެ.

"އަހަންނެއް މާގިނައިން ނުކިޔަން މީޑިއާގައި ލިޔެފައި ހުންނަ އެއްޗެއް. އަހަރެން ބަލަނީ އަމިއްލަ މަސައްކަތައިގެން ކުރިއަށްދެވޭތޯ. އަހަރެން ބޭނުންވަނީ މި މަސައްކަތާ އެކު ވަރަށް ތެދުވެރިކޮށް ހުރެ، ކުރިއަށްދާން، އެއްވެސް ވަރަކަށް އޮޅުމެއްގެ ތެރޭގައި ހުންނަން ބޭނުމެއް ނޫން،" ފަބްރެގަސް ބުންޏެވެ.

މުސްތަގުބަލާ ބެހޭގޮތުން އަދި އެއްޗެއް ބުނަން އަވަސްކަމަށާއި ކޯޗިން ކެރިއަރު ބިނާކުރާއިރު، ވަކި ދިމާތަކަށް މިސްރާބު ޖަހަން ޖެހޭ ވަގުތު އަދި ނުޖެހޭ ކަމަށް ފަބްރެގަސް ވަނީ ބުނެފަ އެވެ.

މީގެ 14 ވަރަކަށް މަސް ކުރިން، ކޯމޯގެ ކޯޗުކަން ފަބްރެގަސް، އަށް ދިނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ކޯމޯ އިން 21 އަހަރަށް ފަހު، އިޓަލީގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ، ފަބްރެގަސްގެ ކޯޗުކަމުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ. ފަބްރެގަސްގެ ކޯޗުކަމުގައި، ކޯމޯ އިން އިޓާލިއަން ލީގުގެ 10 ވަނައިގައި މި ނިމުނު ސީޒަން ނިންމިއިރު، ޗެމްޕިއަންކަން ހޯދި، ނަޕޯލީ ވެސް ބަލިކޮށްފައިވެ އެވެ.

ފަބްރެގަސް ބުނީ، ކޯމޯގައި ތިބީ އޭނާއާ އެއް ވިސްނުމެއްގައި، ޒުވާން ޖޯޝާއެކު ކުރިއަށްދާން ތިބި ބައެއް ކަމަށާއި ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން މިހާތަނަށް މި ފަހަރުގެ ޕްރީ ސީޒަނުގައި ކުރެވުނު މަސަައްކަތުން ވެސް ކުރިއެރުން ފެންނަ ކަމަށެވެ.