Advertisement

މައިންނޯން، މިލާންގެ ކެޕްޓަން ބޭންޑާ ހަވާލުވެ 64 އަހަރުވީ ތާރީހެއް ބަދަލުކޮށްފި

24 ޖުލައި 2025 - 07:31 0


މައިންނޯން، މިލާންގެ ކެޕްޓަން ބޭންޑާ ހަވާލުވެ 64 އަހަރުވީ ތާރީހެއް ބަދަލުކޮށްފި

24 ޖުލައި 2025 - 07:31 0

މިލާން (ޖުލައި 24) - އޭސީ މިލާނަށް ކުޅެމުން އަންނަ ފްރާންސް ގައުމީ ޓީމުގެ ގޯލްކީޕަރު، މައިކް މައިންނޯން، އެ ކްލަބްގެ ކެޕްޓަން ބޭންޑާ ހަވާލުވެ، 64 އަަހަރުވީ ތާރީހެއް ބަދަލުކޮށްފި އެވެ.

އެ ގޮތުން، މައިންނޯން، 30، އަކީ ފާއިތުވި 64 އަހަރު ތެރޭ މިލާނުގައި، ކެޕްޓަން ބޭންޑް ރަސްމީކޮށް އަޅާނެ އިޓަލީ ނޫން ފުރަތަމަ ކުޅުންތެރިޔާ އެވެ. މިދިޔަ ސީޒަނުގައި ވެސް މިލާނުގެ ކެޕްޓަން ބޭންޑް އަޅައިގެން ގިނަ މެޗުތަކެއް ކުޅެފައިވާ، މައިންނޯން އަށް ރަސްމީކޮށް ކެޕްޓަންކަން ހަވާލުކުރީ، މިލާނުގެ ދެ ކެޕްޓަނުން މި ފަހަރު އެ ކްލަބް ދޫކޮށްލުމުންނެވެ.

އެ ގޮތުން، މިދިޔަ ސީޒަނުގައި މިލާނުގެ ކެޕްޓަންކަން ކުރި، ޑާވިޑޭ ކަލަބްރިއާ އާއި ތެއޯ ހެނާންޑޭޒް ވަނީ މި ފަހަރުގެ ޓްރާންސްފާގައި އެ ކްލަބް ދޫކޮށްލައިފަ އެވެ.

އެންމެ ފަހުން، އިޓަލީ ނޫން ކުޅުންތެރިއަކު މިލާންގެ ކެޕްޓަންކަމާ ރަސްމީކޮށް ހަވާލުވީ، 1961 ވަނަ އަހަރު އެވެ. އެ ގޮތުން، 1949 އިން 12 އަހަރު ވަންދެން މިލާން ކެޕްޓަންކަން ކުރީ ސްވިޑެންގެ ނިލްސް ލީޑްހޯލްމް އެވެ.

އަންނަ ސީޒަނުގެ ނިޔަލަށް މިލާނުގެ ކޮންޓްރެކްޓްގައި ހުރި މައިންނޯން އަށް މި ވަގުތު ވެސް ގިނަ އޮފާތަކެއް އަންނަނީ ލިބެމުންނެވެ. އެ ގޮތުން، ޗެލްސީން ވަނީ އޭނާ ގެންދަން ވަރަށް ބޮޑަށް މަަސައްކަތްކޮށްފަ އެވެ. ފްރާންސްގެ ލިލް ދޫކޮށް 2021 ވަނަ އަހަރު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި މިލާނަށް ބަދަލުވި، މައިންނޯން، ވިއްކާލަން މިލާނުން އޭރު ކީ އަގު އުޅެނީ، 30 މިލިއަން ޑޮލަރުގަ އެވެ.، ޗެލްސީން ބެލީ އެ އަށް ވުރެ އަގުހެޔޮކޮށް މައިންނޯން ހޯދުމަށެވެ. އެންމެ ފަހުން، މިލާނުން ޗެލްސީ އަށް އެންގީ މައިންނޯން ނުވިއްކާނެ ކަމަށެވެ.

ފްރާންސް ގައުމީ ޓީމުގެ ގޯލު ބަލަހައްޓަމުން އަންނަ މައިންނޯން އަށް އާ ކޮންޓްރެކްޓެއް ދޭން ވެސް މިލާނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.