Advertisement

އަލްކަރާޒް ވެސް ޓޮރޮންޓޯ މުބާރާތުން ނަން ނަގައިފި

23 ޖުލައި 2025 - 07:36 0


އަލްކަރާޒް ވެސް ޓޮރޮންޓޯ މުބާރާތުން ނަން ނަގައިފި

23 ޖުލައި 2025 - 07:36 0

ޓޮރޮންޓޯ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 23) - ކުރިއަށް އޮތް ޓޮރޮންޓޯ މާސްޓާސް މުބާރާތުގައި ވާދަނުކުރަން، ސްޕެއިނުގެ މަޝްހޫރު ޓެނިސް ތަރި، ކާލޯސް އަލްކަރާޒް ވެސް ނިންމައިފި އެވެ.

މި ފަހަރުގެ ޓޮރިންޓޯ މާސްޓާސް މުބާރާތުގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ނުކުޅޭނެ އެވެ.

އެ ގޮތުން، މީގެ ކުރިން، ދުނިޔޭގެ އެއް ވަނައިގެ ގޮތުގައި މި ވަގުތު ހުރި ކުޅުންތެރިޔާ، އިޓަލީގެ ޖަނިކް ސިނާ އާއި 24 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ތަށި އުފުލާލައިފައިވާ، ސާބިއާގެ ނޮވަކް ޖޮކޮވިޗް، އިނގިރޭސި އެއް ވަނަ ކުޅުންތެރިޔާ، އަދި ދުނިޔޭގެ ރޭންކިން ފަސް ވަަނަ، ޖެކް ޑްރެޕާ ވެސް ޓޮރޮންޓޯ މުބާރާތުގައި ނުކުޅޭނެކަން އިއުލާނުކޮށްފައިވެ އެވެ. މާނަ އަކީ، ދުނިޔޭގެ ގަދަ ހައެއްގެ ތެރެއިން، ހަތަރު ކުޅުންތެރިން މި މުބާރާތުން މި ފަހަރު ނުފެނުމެވެ.

ޖެހިޖެހިގެން ދެ ފަަހަރު ވިމްބަލްޑަން ޗެމްޕިއަންކަން ހޯދައި، ތިން ވަނަ ފަހަރު އެ މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައި ނުކުތް އަލްކަރާޒް ފައިނަލުގައި ބަލިވީ ސިނާ އަތުންނެވެ.

އަލްކަރާޒް ބުނީ، ޓޮރޮންޓޯ މުބާރާތުގައި ކުޅެން ބެލިއިރު، އެ މުބާރާތް ފަށަން ޖެހުނީ، ވިމްބަލްޑަން އަށް ފަހު، ރިކަވާވާން އެންމެ ރަނގަޅު މުއްދަތެއް ނުލިބި ކަމަށެވެ. އެެހެންވެ، މި ވަގުތަށް ބަލާއިރު، ފިޓްނަސް އާއި ރިކަވަރީ އަށް އިސްކަންދިނުމުގެ ގޮތުން، ޓޮރޮންޓޯ މުބާރާތް ދޫކޮށްލީ ކަމަށެވެ.

ރޭންކިން ކުރީގައި އުޅޭ ކުޅުންތެރިންގެ ތެރެއިން، ޓޮރޮންޓޯ މުބާރާތުގައި ކުޅޭނީ، ތިނެއްގައި އޮތް ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް އާއި ހަތަރެއްގައި އޮތް އެމެރިކާގެ ޓޭލާ ފްރިޓްޒް އެވެ.