Advertisement

ފޭސް 2 ގެ ހުރިހާ ސޯޝަލް ހައުސިން ފްލެޓުތަކަކުން ކަރަންޓު ކެނޑިއްޖެ

22 ޖުލައި 2025 - 13:34 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހިޔާ ފްލެޓްތައް: އެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައި -- ފޮޓޯ: އަދަދު ފައިލް


ފޭސް 2 ގެ ހުރިހާ ސޯޝަލް ހައުސިން ފްލެޓުތަކަކުން ކަރަންޓު ކެނޑިއްޖެ

22 ޖުލައި 2025 - 13:34 0

ހުޅުމާލެ ފޭސް 2 ގެ ހުރިހާ ސޯޝަލް ހައުސިން ފްލެޓުތަކަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު އަދަދު އަށް ވިދާޅުވީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ޑިސްޓްރިބިއުޝަން ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ދިމާވި މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަށް ކަރަންޓުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ހިޔާ ފްލެޓްތަކުގެ އިތުރުން އެމްއޭސީއެލް، ސްޓެލްކޯ، އެސްޓީއޯ އަދި އެމްޑަބްލިއުއެސްސީގެ ފްލެޓްތަކުން ކަމަށެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.

މިދިޔަ ޖޫން 1، ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ގޮތަށް މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް ފަސް ގަޑިއިރަށް މެދުކެނޑުނެވެ. އެކަމާ ގުޅިގެން ޖިނާއީ ތުހުމަތެއް ކުރެވޭތީ އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

ނަމަވެސް މިހާތަނަށް ވެސް ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދެނެގަތުމަށް ހިންގާ ތަހުގީގާ ގުޅޭގޮތުން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.