about 1 hour 0
ލީވާން އަލީ ނާސިރު
މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް. -- ފޮޓޯ: އަދަދު
about 1 hour 0
މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ވެސް ކަރަންޓުގެ ހިދުމަތް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
އެ ކުންފުނިން އެކްސްގައި ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި މިއަދު ހެނދުނު އަދި މެންދުރު ފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށެވެ.
ހެނދުނު 9:30 އިން 11:00 އާ ދެމެދު ކަރަންޓު ކެނޑޭނީ އަނޯނާ ގޯޅި، ސަބުދެރިޔާ މަގު އަދި ސަތަރު ގޯޅި ހިމެނޭ ސަރަހައްދުން ކަމަށް ބުނެފައިވެ އެވެ. އަދި 2:00 އާއި 2:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑޭނީ ހިލާލީ މަގު އަދި އިސްކަންދަރު މަގު ހިމެނޭ ސަރަޙައްދުން ކަމަށެވެ.
ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ މައްސަލަ ދަނީ ތަކުރާރު ވަމުންނެވެ.
މުޅި މާލެ އާއި ހުޅުމާލެއިން ޖޫން 1، ގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ. އެ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް އެތައް ގަޑިއިރަކަށް ކަރަންޓު ކެނޑުނުއިރު، މާލެ އާއި ހުޅުމާލެއަށް ކަރަންޓު އަލުން ދެވުނީ ފަސް ގަޑިއިރު ފަހުންނެވެ.
މާލެއިން ތަކުރާރުކޮށް ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވަމުންދާ މައިގަނޑު ސަބަބަކީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގެ ތެޔޮ ޓޭންކުތަކަށް ބަރާބަރަށް ތެޔޮ ނޭޅޭތީ ކަމަށް އިތުބާރު ހިފޭ މަސްދަރުތަކުން ކުރިން އަދަދު ނޫހަށް އަށް ދީފައިވެ އެވެ.
Comment