Advertisement

މާލޭގެ މަގުތައް މަރާމާތުކުރަން ދެ މިލިއަން ގާ ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފި

22 ޖުލައި 2025 - 13:05 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގެ މަގެއް މަރާމާތު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން ކުރަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް


މާލޭގެ މަގުތައް މަރާމާތުކުރަން ދެ މިލިއަން ގާ ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފި

22 ޖުލައި 2025 - 13:05 1

މާލޭގެ މަގުތައް މަރާމާތު ކުރަން ބޭނުންވާ ދެ މިލިއަން ގާ ހޯދަން މާލެ ސިޓީ ކައުންސިލުން މިއަދު އިއުލާނު ކޮށްފި އެވެ.

އެ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ އެ އިއުލާނާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން ޖުލައި 31، ގެ މެންދުރު 12:00 ގެ ކުރިން އެ ކައުންސިލްގެ އީމެއިލް [email protected] އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ހޯދަން އިއުލާނު ކޮށްފައި ވަނީ:

  • ޒިގްޒެގް ގާ - އެއް މިލިއަން
  • ޕޭމަންޓު ގާ - އެއް މިލިއަން
  • ގަޓަރު ކަވަރު (ކާނު މަތިގަނޑު) - ދެލައްކަ
  • ކާބްސްޓޯން ޗެމްފާ ކުޑަ - 500
  • ކާބްސްޓޯން ޗެމްފާ ބޮޑު - 500
  • ކާބްސްޓޯން ރައުންޑް ކުޑަ - 500
  • ކާބްސްޓޯން ރައުންޑް ބޮޑު - 1000

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އޯގަސްޓު 4، ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 އަށް މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކަ ބެހޭ ބައިގެ މީޓިން ރޫމަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް އެ ކައުންސިލުން އެދިފައިވެ އެވެ.

މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައި ހުންނަނީ ބޮޑުތަކުރުފާނު މަގު، ފުލުހުންގެ ޓޯ ޔާޑު ކައިރީގަ އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެ ބީލަމުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގައި ރެޖިސްޓްރީވެފައިވާ ދިވެހި ކުންފުންޏަކަށް އަދި ޕާޓްނަޝިޕް ނުވަތަ އަމިއްލަ ވިޔަފާރިތަކަށް ކަމަށެވެ. ދައުލަތުގެ ޕްރޮކިއުމެންޓް ބީލަމަކާ ގުޅިގެން ސަސްޕެންޑު ކޮށްފައިވާ ފަރާތަކަށް އެ ބީލަމަށް ކުރިމަތި ނުލެވޭނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.