Advertisement

އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގެންފި

19 ޖުލައި 2025 - 12:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށްފަހު ރައީސް މުއިއްޒު އެނބުރި ރާއްޖެ ވަޑައިގެންނެވުން -- ފޮޓޯ: ރައީސް އޮފީސް


އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގެންފި

19 ޖުލައި 2025 - 12:19 0

އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެނބުރި ރާއްޖެއަށް ވަޑައިގެންފި އެވެ.

ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވުމުގެ އިތުރުން އެ ގައުމާ ދެމެދު އޮތް ވިޔަފާރި ގުޅުންތައް ބަދަހި ކުރެއްވުމަށް ބޭއްވި މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް އިނގިރޭސިވިލާތުގެ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމާއި ތައުލީމާއި ސްކޮލާޝިޕްގެ ފުރުސަތުތަކާއި ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން އަދި އަދުލުއިންސާފުގެ ނިޒާމީ އިސްލާހުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

އެމަނިކުފާނު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސްގެ ސްޕީކާ، ސާ ލިންޑްސޭ ހޮއިލް އަދި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އެފެއާޒް، ޑޭވިޑް ލެމީ ހިމެނެ އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ދަތުރުގެ ތެރެއިން ވިންޑްސާ ކާސަލްގައި އިނގިރޭސި ރަސްގެފާނު، ކިންގް ޗާލްސްއާ ވެސް ބައްދަކުރައްވާފަ އެވެ. އަދި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ޝާލީ އަޔޯކޯ ބޮޗްވޭއާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވި އެވެ.

ދަތުރުގެ ތެރެއިން ރައީސް ބައިވެރިވެވަޑައިގެންނެވި މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމްގައި ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ވެސްޓް ލަންޑަން ޗެމްބާސް އޮފް ކޮމާސް އާއި ރާއްޖޭގެ އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެއްވި އެވެ.