Advertisement

ވައި ބާރު މޫސުން ގޯސް ދުވަހެއް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓްް ނެރެފި

18 ޖުލައި 2025 - 10:57 0


ވައި ބާރު މޫސުން ގޯސް ދުވަހެއް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓްް ނެރެފި

18 ޖުލައި 2025 - 10:57 0

މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މޫސުމާ ބެހޭ އެލާޓުތަކެއް ނެރެފި އެވެ.

މިއަދު މެންދުރު 13:30 އާ ހަމައަށް ހއ. އިން ފެށިގެން ފ. އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. މި އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ، ކަޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މިއަދު ހަވީރު 17:00 އާ ހަމައަށް ދ. އިން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް ހުދު ސަމާލު ވަނީ ނެރެފަ އެވެ. ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާ ހަމައަށް ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ އެވެ. އެ ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓު އޮފީހުން ބުންޏެވެ.

މޫސުމަށް ސަމާލުވެ އާންމު ދިރިއުޅުގައި އުޅުމަށް މެޓު އޮފީހުން އިލްތިމާސް ކުރެ އެވެ. އަދި މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކޮށްގެން މެނުވީ ދަތުރު ނުކުރަން ވެސް އެ އޮފީހުން އިލްތިމާސް ކުރެ އެވެ.

ޖޫން އަދި ޖުލައި މަސް ހުޅަނގު މޫސުމާ ދިމާވާތީ، ކޮންމެ އަހަރަކު ވެސް މި ދެ މަސްދުވަހު ރާއްޖެއަށް މޫސުން ގޯސްވެ އެވެ. އަދި އުދަ އެރުމުގެ ހާދިސާތައް ދިމާވެ، ރަށްރަށް ވަރަށް ބޮޑެތި ގެއްލުން ކޮންމެ އަހަރަކު ވެސް ލިބެ އެވެ.