Advertisement

ލިވަޕޫލުން ޑިއާޒް ވިއްކާލާނީ 100 މިލިއަން ޑޮލަރަށް

17 ޖުލައި 2025 - 08:04 0


ލިވަޕޫލުން ޑިއާޒް ވިއްކާލާނީ 100 މިލިއަން ޑޮލަރަށް

17 ޖުލައި 2025 - 08:04 0

ލިވަޕޫލް (ޖުލައި 17) - ކޮލަމްބިއާ ގައުމީ ޓީމުގެ ފޯވާޑް، ލުއިސް ޑިއާޒް، އޭނާ ކުޅެމުން އަންނަ ލިވަޕޫލް ދޫކޮށްލުމަށް ޓީމުތަކާ މަޝްވަރާކުރަމުން އައި ނަމަވެސް، ލިވަޕޫލުން އޭނާ ވިއްކާލާނީ 100 މިލިއަން ޑޮލަރު ލިބޭ ޑީލެއްގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޑިއާޒް، 28، ލިވަޕޫލާ އެކު، ހަދާފައި އޮތް ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބައޮތެވެ. މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީ އާއި ސައުދީ އަރަބިއްޔާގެ ބައެއް ކްލަބްތަކުން ޑިއާޒަށް ހުށަހެޅުންތަކެއް ލިބުނެވެ. އަދި މި ފަހަރު ބާސެލޯނާ އާއި ބަޔާނުން ޑިއާޒަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ޑިއާޒް ހޯދަން ބަޔާނުން ކުރި ދެ ބިޑް ވެސް ލިވަޕޫލުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ކުރިން ޕޯޓޯ އަށް ކުޅުނު ޑިއާޒް ވަނީ، ލިވަޕޫލް ދޫކޮށްލުމުގެ ކަންކަން އެ ކްލަބްގެ މެނޭޖްމަންޓާ ވެސް މަޝްވަރާކޮށްފަ އެވެ. އަދި، ލިވަޕޫލްގެ އޮފިޝަލުން އެ ބައްދަލުވުމުގައި އަންގާފައިވަނީ، މިހާރު ޓްރާންސްފާ މާކެޓްގެ އަގުތައް ހުރި ގޮތުން، ވަކި ފީއެއް ނުލިބެނިސް ޑިއާޒް ދޫކޮށްލެވެން ނެތް ކަމަށެވެ.

ބަޔާ ލެވަކޫސަންގެ ފްލޯރިއަން ވާޓްޒްގެ ސޮއި ލިވަޕޫލުން 145 މިލިއަން ޑޮލަރު ދީފައި ހޯދިއިރު، އެ ރޭހުގައި ބައިވެރިވި ބަޔާނުން 100 މިލިއަން ޑޮލަރުގެ އޮފާއެއް ކުރިއެވެ. އެހެންކަމުން، ބަޔާނުން މި ފަހަރުގެ ޓްރާންސްފާ ބަޖެޓަށް 100 މިލިއަން ޑޮލަރު އެއް ކުޅުންތެރިއަކަށް ހުށަހަޅަަން ވިސްނިކަން އެނގެން އޮތްއިރު، ލިވަޕޫލުން ބަޔާންގެ ކިބައިން ޑިމާންޑްކުރަނީ އެ ވަރުގެ ބިޑަކަށެވެ.

ލިވަޕޫލަށް މިހާތަނަށް ކުޅެދިން 148 މެޗުން 41 ލަނޑު ޖަހައި، 23 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ޑިއާޒް އެ ކްލަބާ އެކު ހުރީ، އަހަރަކު، ތިން މިލިއަން ޑޮލަރުގެ މުސާރައެއްގަ އެވެ.