about 19 hours 0
about 19 hours 0
ލިވަޕޫލް (ޑިސެމްބަރު 13) - ފާއިތުވި ހަފްތާގައި ލިވަޕޫލްގެ ތަރި، މުހައްމަދު ސަލާހު ދިން އިންޓަވިއުއެއްގެ މައްސަލަ ހޫނުވެ، އޭނާ ސްކޮޑުން ބާކީ ކުރުމަށް ފަހު، އަލުން ޓީމަށް ނަގައިފި އެވެ.
މިދިޔަ ހަފްތާގައި ލީޑްސް ޔުނައިޓެޑާ 3-3 އިން ލިވަޕޫލް އެއްވަރުވި މެޗަށް ފަހު، ދިން އިންޓަވިއުއެއްގައި ސަލާހު ވަނީ ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓާއި އެ ޓީމުގެ ސީނިއާ މެނޭޖްމަންޓަށް ފާޑުކިޔައިފަ އެވެ. އެ މައްސަލައާ ހެދި، ލިވަޕޫލުން އަންގާރަ ދުވަހުގެރޭ، އިންޓަ މިލާން އަތުން 1-0 އިން މޮޅުވި މެޗަށް ނެގި ސްކޮޑުން ސަލާހު ވަނީ ބާކީކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުން ސަލާހަށް ފުރުސަތު ދީފައިވަނީ، ސްލޮޓާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ބައްދަލުވުމުގައި ސްލޮޓާއި ސަލާހު ވަނީ ހުރި ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދައި، ކްލަބްގެ މަސްލަހަތު އިސްކުރަން ނިންމައިފަ އެވެ.
ބްރައިޓަން މެޗަކީ، ސަލާހު، އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ދިއުމުގެ ކުރިން ލިވަޕޫލަށް ކުޅޭނެ އެންމެ ފަހު މެޗެވެ. މޮޮރޮކޯގައި ފަށާ އެފްރިކަން ކަޕްގައި ވާދަކުރާ މިސްރު ޓީމާ ގުޅުމަށް މި މެޗަށް ފަހު ސަލާހު ދާނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ސަލާހުގެ އޭޖެންޓް ރެމީ އައްބާސްއާ އެކު، ލިވަޕޫލްގެ މެނޭޖްމަންޓުން އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އެއީ، މި މައްސަލައިގެ ތެރޭގައި ސަލާހުގެ ޓްރާންސްފާގެ ގިިނަ ވާހަކަތަކެއް ދެކެވިފައިވާތީވެ، ސަލާހުގެ މުސްތަގުބަލާ ގުޅޭ ގޮތުން ކަންކަން ސާފުކުރުމަށް ކަމަށް ރިޕޯޓްތައް ބުނެ އެެވެ.
ސަލާހު ވަނީ މިދިޔަ ސީޒަނަށް ފަހު، ލިވަޕޫލާ އެކު، އިތުރު ދެ އަހަރަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ.
Comment