Advertisement

އަހަރެއް ނުވަނީސް ސިޔާމް އާއި ޒާރާގެ ކައިވެނި ރޫޅިއްޖެ

15 ޖުލައި 2025 - 19:40 4

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސިޔާމް އަދި ޒާރާގެ ކައިވެނި ޕާޓީގެ ތެރެއިން


އަހަރެއް ނުވަނީސް ސިޔާމް އާއި ޒާރާގެ ކައިވެނި ރޫޅިއްޖެ

15 ޖުލައި 2025 - 19:40 4

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އާއި ބ. ކަމަދޫގައި ބޭއްވި އީދު ކުޅިވަރުތަކުން މަޝްހޫރުވި އައިމިނަތު ޒާރާގެ ކައިވެނި އަހަރެއް ނުވަނީސް ރޫޅިއްޖެ އެވެ.

ސިޔާމްއާ ވަރަށް ގާތް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ސިޔާމް އާއި ޒާރާގެ ކައިވެނި ރޫޅާލާފައި ވަނީ ދެ މީހުންގެ ދެމެދުގައި މަޝްވަރާ ކުރުމަށްފަހު ރިވެތި ގޮތުގައި ކަމަށެވެ.

"ހަމަ އެހެންމެ އޮންރަބަލް ސިޔާމް މުހައްމަދު އާއި ޒާރާ މެޑަމް ކައިވެނި ރޫޅާލާފައި ވަނީ ވެސް އެކަކު އަނެކަކު އަނެކުންގެ މެދުގައި ރިވެތި ގޮތުގައި މަޝްވަރާ ކުރުމަށްފަހު ސުލްހަވެރިކަމާއެކު ސުލްހަވެރި މާހައުލެއްގައި،" އޭނާ ވިދާޅުވި އެވެ.

ޒާރާގެ އިންސްޓަގްރާމް އެކައުންޓަށް މީގެ ތިން ދުވަސް ކުރިން ކައިވެނީގެ ފޮޓޯތައް ހިއްސާކޮށްފައިވެ އެވެ. ބެލެވޭ ގޮތުގައި އޭރު ވެސް ދެ މީހުންގެ ކައިވެނި ވަނީ ރޫޅިފަ އެވެ.

ސިޔާމްއާ ގާތް އެކުވެރިއަކު އަދަދު އަށް ވިދާޅުވީ ސިޔާމް އާއި ޒާރާގެ ކައިވެނި ދުވަސްކޮޅެއް ކުރިން ރޫޅިފައިވާ ކަމަށެވެ. ނަމަވެސް، ކައިވެނި ރޫޅުނަސް އިއްދައިގެ މުއްދަތްކަމުން ޒާރާ އަދިވެސް ހުރީ ސިޔާމްގެ ރިސޯޓެއްގައި ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 10، ގައި ސިޔާމް އާއި ޒާރާ ކައިވެެނި ކުރީ ސިޔާމްގެ އޮޅުވެލިފުށި ރިސޯޓުގަ އެވެ. ކައިވެނީގެ ރަނެއްގެ ގޮތުގައި ކިޔާފައި ވަނީ 2024ރ. އެވެ.

ކަމަދޫގައި ބޭއްވި އީދު ކުޅިވަރުތަކުން މިދިޔަ އަހަރު މަޝްހޫރުވި ޒާރާ މިފަހަރު އޮތް އީދު ކުޅިވަރުތަކުން އެ ރަށުން ފެނިފައެއް ނުވެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އީދު ބަންދުގައި ޒާރާ ދިޔައީ ތައިލެންޑަށެވެ.

ސިޔާމްއަކީ ރާއްޖޭގެ އެންމެ މުއްސަނދިންގެ ލިސްޓުގައި ހިމެނޭ ބޭފުޅެކެވެ. ސިޔާމް މަޖިލީހަށް ހުށަހަޅުއްވާފައިވާ މާލީ ބަޔާނަކުން އެނގޭ ގޮތުގައި އަހަރެއްގެ ތެރޭގައި އޭނާއަށް ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު ލިބެ އެވެ. އެއީ 539 މިލިއަން ދިވެހި ރުފިޔާ އެވެ.

މިވަގުތު ހަ ރިސޯޓެއް ސިޔާމްގެ ކުންފުނިން ހިންގަ އެވެ. އެއީ ސިޔާމް ވޯލްޑާއި އިރުފުށި ރިސޯޓާއި އިރުވެލި ރިސޯޓާއި ވިލު ރީފް ރިސޯޓާއި އޮޅުވެލި ރިސޯޓު އަދި ޕަސިކުޑާ ރިސޯޓެވެ. ޕަސިކުޑާއަކީ އަވައްޓެރި ސްރީ ލަންކާގައި ހިންގާ ރިސޯޓެކެވެ.

އޭގެ އިތުރުން ސިޔާމްގެ ތިން ގެ ހުރެ އެވެ. އެއީ މާލޭގައި ހުންނަ ހ. ސަން އާއި ގ. ސަންސެޓް އެވެ. އަދި މެލޭޝިޔާގެ ކުއާލާލަމްޕޫރުގައި ވެސް ސިޔާމްގެ ގެއެއް ހުރެ އެވެ.