Advertisement

ތޫފާން ޑިޓުވާ: ސަން ސިޔާމް ލަންކާއަށް 200،000 ޑޮލަރު ހަދިޔާކޮށްފި

30 ނޮވެންބަރު 2025 - 20:27 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ތޫފާން ޑިޓުވާ: ސަން ސިޔާމް ލަންކާއަށް 200،000 ޑޮލަރު ހަދިޔާކޮށްފި

30 ނޮވެންބަރު 2025 - 20:27 0

ތޫފާން ޑިޓުވާގައި އަވައްޓެރި ސްރީ ލަންކާއަށް ބޮޑެތި ގެއްލުންތަކެއްވެ އެތައް ބަޔަކު މަރުވެފައިވާ މި ދަނޑިވަޅުގައި އެ ގައުމަށް އެހީވުމުގެ ގޮތުން މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ދެ ލައްކަ ޑޮލަރު ހަދިޔާކުރައްވަން ނިންމަވައިފި އެވެ/

ސިޔާމް ވަނީ މީގެ ތެރެއިން 75،000 ޑޮލަރު މިއަދު ހަދިޔާކުރައްވާފަ އެވެ. އެހީގެތެރެއިން ފުރަތަމަ ފައިސާ ލަންކާ ސަރުކާރާއި ހަވާލުކުރައްވަން ސިޔާމް ވަނީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުހައްމަދު ރިޒްވީ ހަސަން އާ ބައްދަލުކުރައްވާފަ އެވެ.

ސިޔާމުގެ ކުންފުނިން ހިންގާ "ސަން އޮންލައިން" އިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭ ބާކީ އެހީ ލަންކާގެ ސަރުކާރާއި ހަވާލުކުރާނެ އެވެ. ދެ ލައްކަ ޑޮލަރަކީ 61.5 މިލިއަން ލަންކާ ރުޕީސް އެވެ.

ތޫފާނުގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ލަންކާއިން ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރު ހަދިޔާކުރަން ނިންމާފަ އެވެ.

މީގެ އިތުރުން ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން 10،000 ޑޮލަރު އަދި ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕުން ތިން ލައްކަ ރުފިޔާ ލަންކާއަށް ހަދިޔާކުރަން ނިންމާ އެކަން ވަނީ އިއުލާނުކޮށްފަ އެވެ.

ތޫފާން ޑިޓުވާގެ ސަބަބުން ލިބުނު ގެއްލުންތަކުގައި ލަންކާއިން މިހާތަނަށް 193 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބިންގަނޑު ކަނޑައިގެން ދިޔުމާއި ކޯރުތައް ބަންޑުންވުމުގެ ސަބަބުން 108,000 އަށް ވުރެ ގިނަ މީހުން ވަނީ މަގުމަތިވެފަ އެވެ.

ތޫފާނުގައި ގެއްލުން ލިބެމުން އަންނަ މީހުންނަށް އެހީތެރިވުމަށް ލަންކާއިން އަންނަނީ އެމަޖެންސީ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.

މީހުން ސަލާމަތް ކުރުމާއި ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިޔުމަށް ލަންކާ ސިފައިން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.