Advertisement

ސިފައިން ސާބިތުކޮށްދިނީ ޓީމު ރޫހުން ކާމިޔާބު ހޯދޭނެކަން

15 ޖުލައި 2025 - 12:21 0

އަތޫފް އާތިފް

އަތޫފް އާތިފް


ސިފައިން ސާބިތުކޮށްދިނީ ޓީމު ރޫހުން ކާމިޔާބު ހޯދޭނެކަން

15 ޖުލައި 2025 - 12:21 0

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ވެސް ސިފައިންގެ ތަފާތަކަށްވީ ޓީމެއްގެ ގޮތުގައި އެއް ރޫހެއްގައި ކުޅުން ކަމަށް ދިވެހި ސިފައިންގެ ޓީމުގެ ކޯޗު އަބްދުالله ޖުނައިދު (މާމަ) ބުނެފި އެވެ.

ގައުމީ މުބާރާތުގެ ފައިނަލު ސިފައިން ކާމިޔާބު ކުރީ ކްލަބް އެޗްޑީސީގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. މިއީ ވިދިވިދިގެން މި މުބާރާތް ސިފައިން ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ޖުނައިދު ބުނީ ސިފައިންގެ ޓީމުގައި ތިބި ސިފައިން ނޫން ކުޅުންތެރިންވެސް ސިފައިންގެ ޓީމާ ގުޅުމަށްފަހު ފެނިގެންދިޔައީ ސިފައިންގެ ރޫހުގައި ކުޅޭ މަންޒަރު ކަމަށެވެ. އަދި މި ކާމިޔާބީގެ ސިއްރަކީ އެއީ ކަމަށް ޖުނައިދު ބުންޏެވެ.

"ތަފާތަކީ އަޅުގަނޑުމެންގެ ޓީމެއް ރޫޅިގެން ނުދާނެ ތިން ހަތަރު ޕޮއިންޓް ދަށުގައި އިނަސް. އެއީ ކަންނޭނގެ އަޅުގަނޑު ބުނާނީ، ޓީމު ރޫހު، ޓީމް ސްޕްރިޓް، ހަމަ ޓީމު ކުޅުންތެރިން ހިތްވަރޭ އަޅުގަނޑު ބުނާނީ." ޖުނައިދު ބުންޏެވެ.

ޖުނައިދު ބުނީ، އެޗްޑީސީއާ ދެކޮޅަށް ނުކުތީ އެއީ އެންމެ މޮޅު ޓީމުކަން ދެނެގެން ކަމަށެވެ. އެކަމަކު ސިފައިން ދޫ ނުދީ ކުރި މަސައްކަތުން އަމާޒަށް ވާސިލްވީ ކަމަށް ޖުނައިދު ބުންޏެވެ.

ފިރިހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކުރި ދެވަނަ ޓީމަކީ ސިފައިންނެވެ. މީގެ ކުރިން ސްޕޯޓްސް ކްލަބް ސިޓީން ވަނީ ސީޒަނުގެ ތިން މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

މީގެ ކުރިން ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށް ރެކޯޑެއް ހަދާފައިވަނީ 2010 ވަނަ އަހަރު ސިފައިންނާއި، 2022 ވަނަ އަހަރު ސްޕޯޓްސް ކްލަބް ސިޓީންނެވެ. މިދިޔަ ސީޒަނުގައި އެޗްޑީސީން ތިން މުބާރާތް ކާމިޔާބުކުރަން ނުކުުތުމުން، ސިފައިން ވަނީ ގައުމީ ފައިނަލުގައި އެ ޓީމު ބަލިކޮށް، ތަށި ދިފާއުކޮށްފަ އެވެ. މި ފަހަރު ސިފައިން މި ވަނީ، ގައުމީ ފައިނަލުގައި އެޗްޑީސީ ބަލިކޮށް، ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށްފަ އެވެ.