Advertisement

އެޗްޑީސީ ބަލިކޮށް ސިފައިން ކާވާ ޗެމްޕިއަންސް ލީގު ނިންމާލީ މޮޅަކުން

22 ޖުލައި 2025 - 20:12 0

އަތޫފް އާތިފް

އަތޫފް އާތިފް

އެޗްޑީސީ އާއި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


އެޗްޑީސީ ބަލިކޮށް ސިފައިން ކާވާ ޗެމްޕިއަންސް ލީގު ނިންމާލީ މޮޅަކުން

22 ޖުލައި 2025 - 20:12 0

ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)، މެންސް ޗެމްޕިއަންސް ލީގުގެ ފަހު މެޗުގައި ކްލަބް އެޗްޑީސީގެ މައްޗަށް ކުރިހޯދައި ދިވެހި ސިފައިންގެ ކްލަބުން މޮޅަކާ އެކު މުބާރާތް ނިންމާލައިފި އެވެ.

މި މުބާރާތުގައި ސިފައިންގެ ކްލަބުން ކުޅުނު ފުރަތަމަ މެޗުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނުއިރު، މި މެޗުން ސިފައިން ބަލިވީ 3-2 ސެޓުންނެވެ. ދެ ވަނަ މެޗުގައި ޒައިކް އަތުން ސިފައިން ބަލިވީ ސީދާ ތިން ސެޓުންނެވެ. އަދި ތިން ވަނަ މެޗުގައި ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީ އަތުން ބަލިވީ 3-1 ސެޓުންނެވެ. އަދި، އިއްޔެ ބަޝިކް އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ.

މި ފަހަރުގެ މުބާރާތުގައި އެޗްޑީސީން ފުރަތަމަ މެޗުގައި ނުކުތީ ކިރްގިސްތާންގެ ބަޝިކްއާ ދެކޮޅަށެވެ. އެ މެޗުން ސީދާ ތިން ސެޓުން ބަލިވިއިރު، ދެވަނަ މެޗުގައި އެޗްޑީސީ ނުކުތީ ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗުން ބަލިވީ 3-1 ސެޓުންނެވެ. އަދި ތިން ވަނަ މެޗުގައި ޒައިކް އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. އަދި ރޭ ސްރީ ލަންކާގެ ޕޯޓްސް ކްލަބް އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ.

އެހެންވެ، މިއަދު ކުޅުނު މެޗަށް ނުކުތްއިރު ވެސް އެޗްޑީސީ އަދި ސިފައިންނަށް ވެސް މުބާރަތުގައި އިތުރަށް ކުރިއަށް ދިޔުމުގެ ފުރުސަތު އޮތީ ގެއްލިފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗު ސިފައިން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-22، 23-25، 25-19، 19-25 އަދި 16-14 އިންނެވެ.

މި މޮޅާއެކު ސިފައިން މި ފަހަރުގެ މުބާރާތް ނިންމާލީ ފަސް ވަނައިގަ އެވެ. އަދި، މޮޅެއް ނުލިބި އެޗްޑީސީ އިން މި ފަހަރުގެ މުބާރާތް ނިންމާލީ ހަ ވަނައިގަ އެވެ.