Advertisement

ޒިބްރާ ކްރޮސް އިން މަގު ހުރަސް ކުރި މީހެއް ގައިގައި ސައިކަލަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

13 ޖުލައި 2025 - 21:35 3

އެކްސިޑެންޓުވި ސަރަހައްދު: ސައިކަލުގައި އިން އެކަކު ނެރުނީ ޕިކަޕެއްގެ ދަށުން ކަމަށް މަންޒަރު ދުށް މީހުން ބުނޭ -- ފޮޓޯ: އަދަދު


ޒިބްރާ ކްރޮސް އިން މަގު ހުރަސް ކުރި މީހެއް ގައިގައި ސައިކަލަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

13 ޖުލައި 2025 - 21:35 3

ބޮޑުތަކުރުފާނު މަގުގައި ހުންނަ މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި އޮންނަ ޒިބްރާ ކްރޮސް އިން މަގު ހުރަސް ކުރަނިކޮށް މީހެއް ގައިގައި ބާރަށް ދުއްވާފައި އައި ސައިކަލަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު މަރުވެއްޖެ އެވެ.

ގާތްގަނޑަކަށް 8:10 ހާއިރު ހިނގި އެ ހާދިސާގައި ތިން މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެ އެވެ. އެއީ މަގު ހުރަސް ކުރި މީހާގެ އިތުރުން ސައިކަލުގައި އިން ދެ މީހުން ކަމަށް ބެލެވެ އެވެ. އޭގެ ތެރެއިން މަރުވީ ކުޑަކުއްޖެއް ކަމަށް ވަނީ މިހާތަނަށް ބެލެވިފަ އެވެ. އެކަމަކު އަދި އެކަން ޔަގީނެއް ނުކުރެވެ އެވެ.

މަގު ހުރަސް ކުރި މީހާގެ ގައިގައި ޖެހުމުން ސައިކަލު ކޮންޓްރޯލުން ނެއްޓި ދެން އުރުނީ އެ ސަރަހައްދުން ދިޔަ ޕިކަޕަކަށް ކަމަށް ފުލުހުން ބުންޏެވެ. ސައިކަލު ޕިކަޕަށް އުރުނީ މަގު ހުރަސް ކުރި މީހާއާއެކީ ކަމަށްވެ އެވެ.

އެ ސަރަހައްދުގައި ހުރި އަދަދު ގެ ނޫސްވެރިން ބުނީ މަގު ހުރަސް ކުރަން މަސައްކަތް ކުރީ ދުވަން ނުކުމެ އުޅުނު މީހެއް ކަމަށެވެ. ސައިކަލުން އައިސް އޭނާގެ ގައިގައި ޖެހުމުން އޭނާ ވެއްޓި ބޮަލަށް ވަރަށް ބޮޑު ޒަހަމެއް ލިބިފައިވާ ކަމަށް މި ނޫހުގެ ނޫސްވެރިން ބުންޏެވެ.

"މުޅި ސަރަހައްދުގައި އޮތީ އޭނާގެ ބޮލުން ފައިބާފައި އޮތް ލޭ. އޭނަ ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕަކަށް އަރުވައިގެން،" ނޫސްވެރިޔާ ބުންޏެވެ.

ސައިކަލު ދުއްވި ދެ މީހުންގެ ތެރެއިން އެކަކު ނެރުނީ ޕިކަޕުގެ އަޑިން ކަމަށް އެ ސަރަހައްދުގައި ތިބި މި ނޫހުގެ ނޫސްވެރިން ބުންޏެވެ. ޕިކަޕު ދަށުން ނެރުނު މީހާގެ ހާލު ވަރަށް ދެރަ ކަމަށް ނޫސްވެރިން ބުންޏެވެ. ނަމަވެސް އެކްސިޑެންޓުގައި މަރުވީ އޭނާ ކަމެއް އަދި ކަށަވަރެއް ނޫނެވެ.