Advertisement

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

11 ނޮވެންބަރު 2025 - 05:06 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުޅުމާލެ -- ފޮޓޯ: އަދަދު


ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

11 ނޮވެންބަރު 2025 - 05:06 0

ހުޅުމާލެ ފޭސް 2 ގައި މިރޭ ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފޭސް 2 ގެ ނިކަގަސް މަގުގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވީ ކ. ދިއްފުށި، ލައިޓް ގާޑަން، އިސްމާއީލް ރަޔާން ބިން ނާޒިމް ކަމަށެވެ.

މި އެކްސިޑެންޓު ހިނގީ މިރޭ 11:30 ހާއިރު އެވެ. އެކްސިޑެންޓް ހިނގީ ނިކަގަސްމަގުން ވަންވޭއާ އިދިކޮޅަށް ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް، އެ މަގަށް އެޅި ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ނިޔާވި ޒުވާނާގެ އިތުރުން، ދެ މީހަކަށް އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންނަށް ލިބިފައި ވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ނޭނގެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.