Advertisement

އޮލިވިއާ ސްމިތު: މިލިއަން ޑޮލަރަށް ވިއްކާލާ ފުރަތަމަ އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ

11 ޖުލައި 2025 - 16:46 0


އޮލިވިއާ ސްމިތު: މިލިއަން ޑޮލަރަށް ވިއްކާލާ ފުރަތަމަ އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ

11 ޖުލައި 2025 - 16:46 0

ލަންޑަން (ޖުލައި 11) - ލިވަޕޫލަށް ކުޅެމުން އަންނަ ކެނަޑާ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ފޯވާޑް، އޮލިވިއާ ސްމިތުގެ ޓްރާންސްފާ ފީ އެއް މިލިއަން ޑޮލަރަށް ވުރެ އިތުރުވެ، އަންހެން ފުޓްބޯޅައިގެ ތާރީހުން ޖާގަ ހޯދައިފި އެވެ.

އާސެނަލުން ސްމިތު، 20، ގެ ސޮއި ހޯދަން 1.1 މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ. މިއީ، މިހާތަނަށް އަންހެން ފުޓްބޯޅަ ކުޅުންތެރިއެއްގެ އެންމެ ބޮޑު ޓްރާންސްފާ ފީ އެވެ.

މީގެ ކުރިން، އަންހެން ކުޅުންތެރިއަކު އެންމެ އަގުބޮޑުކޮށް ގަނެފައިވަނީ މިދިޔަ ޖެނުއަރީ މަހު، 978،000 ޑޮލަރަށް ޗެލްސީން ގަތް އެމެރިކާގެ ޑިފެންޑަރު، ނައޯމީ ގިރްމާ އެވެ.

ސްމިތު، ލިވަޕޫލަށް ބަދަލުވީ މިދިޔަ އަހަރު ޖުލައި މަހު ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އިންނެވެ. ލިވަޕޫލުން ދެއްކީ 238،000 ޑޮލަރުގެ ޓްރާންސްފާ ފީއެކެވެ.

ލިވަޕޫލާ އެކު، ތިން އަހަރުގެ ކޮންޓްރެކްޓެއް ހެދި ސްމިތު ފުރަތަމަ އަހަރު ނިމުނުތަނާ އާސެނަލާ ބަދަލުވާން ނިންމާފައިވާއިރު، ބޯނަހެއް ވެސް ލިބެ އެވެ.

އަންހެން ފުޓްބޯޅައިގެ ގަދަބާރު ކެނަޑާ އަށް 18 މެޗު ކުޅެދީ ހަތަރު ލަނޑު ޖަހައިދީފައިވާ ސްމިތަކީ، މި ފަހަރުގެ ޓްރާންސްފާގައި އާސެނަލާ ގުޅޭ ތިން ވަނަ ކުޅުންތެރިޔާ އެވެ. އެ ގޮތުން، އާސެނަލުން ވަނީ މެންޗެސްޓާ ސިޓީގެ ކްލޯއި ކެލީ އާއި ލިވަޕޫލަށް ކުރިން ކުޅުނު، ޓޭލާ ހިންޑްސް ސޮއިކޮށްފަ އެވެ.