Advertisement

ދާރުލްއާސާރު ބަލަހައްޓަމުން ގެންދަނީ ތަރުތީބަކުން ނޫން: ކައުންސިލަރު އިޝާން

9 ޖުލައި 2025 - 19:43 4

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީ ކައުންސިލަރު، ފާތިމަތު އިޝާން އަލީ -- ފޮޓޯ: ފޭސްބުކް


ދާރުލްއާސާރު ބަލަހައްޓަމުން ގެންދަނީ ތަރުތީބަކުން ނޫން: ކައުންސިލަރު އިޝާން

9 ޖުލައި 2025 - 19:43 4

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ބަލަހައްޓާ ގައުމީ ދާރުލްއާސާރުގެ ކަންކަން ތަރުތީބުން ބަލަހައްޓަމުން ނުދާ ކަމަށް ވިދާޅުވެ މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީ ކައުންސިލަރު، ފާތިމަތު އިޝާން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މީޑިއާއެއްގެ ޕްރޮގުރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އިޝާން ވިދާޅުވީ މިއުޒިއަމްއަށް މިފަހުން ޒިޔާރަތް ކުރިއިރު، އެތަނުގެ ހާލަތު ހުރިގޮތް ފެނި ދެރަވި ކަމަށެވެ.

"އަޅުގަނޑު ހަމަ ދެރަވި މިއުޒިއަމްއަށް ވަދެފައި، ވަރަށް ރީތި މިއުޒިއަމްއެއް، އެކަމަކު އެތަނުގައި ހުރި، މިއުޒިއަމްގައި ހުރި އިހުޒަމާނުގެ އެއްޗެހިތައް ކޮން ދުވަހަކުތޯ ފޮޅާލީ؟ ކޮބައިތޯ އަޅުގަނޑުމެންގެ ހިސްޓްރީ؟ މިއިން އެއްވެސް ކަމެއް ހަގީގަތުގައި ތަރުތީބެއް ނުކުރެވޭ، ތަރުތީބަކުން ނޫން މި ގެންދަނީކީއެއް،" އިޝާން ވިދާޅުވި އެވެ.

"ބައްލަވާ މިއުޒިއަމް އޮތް ހާލަތު، ވަޑައިގެންނެވިންތޯ މިއިން ދުވަހަކު؟ ކާކުތޯ މި ބަލަނީ؟،"

އެ ވާހަކަތައް ވިދާޅުވުމަށްފަހު އިޝާން ފާޑުވިދާޅުވީ މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް އަށެވެ. ނަމަވެސް ގައުމީ ދާއުލްއާސާރު ބެލެހެއްޓުމަކީ މާލެ ސިޓީ ކައުންސިލުގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. ގައުމީ ދާރުލްއާސާރު ބަލަހައްޓަވަމުން ގެންދަނީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު، އާދަމް ނަސީރުގެ ބެެއްލެވުމުގެ ދަށުންނެވެ.

އިޝާންގެ އެ ވާހަކަތަކަށްފަހު އެނާ ވަނީ މާލެ ސިޓީ ކައުންސިލް ހިންގުމުގައި އާޒިމް ގެންގުޅުއްވާ ހަމަ ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ ވާހަކަދައްކަވައިފަ އެވެ.